ޚަބަރު ސަރުކާރު

މައްސަލަ ހައްލު ކުރުމަށްފަހު އައިޖީއެމްއެޗް ލެބޯޓްރީގެ ހިދުމަތް އަލުން ދޭންފަށައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ދަރުމަވަންތަ ހޮސްޕިޓަލުގެ ފެނުގެ ސިސްޓަމަށް ދިމާވި މައްސަލަ ހައްލުކޮށް ލެބޯޓްރީގެ ހިދުމަތް އަލުން ދޭންފަށައިފައިވާކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިިން ބުނެފިއެވެ.

Ads by STELCO

އައިޖީއެމް ހޮސްޕިޓަލުން މިއަދު ހެނދުނު ބުނީ، އެ ޚިދުމަތް ވަގުތީ ގޮތުން ހުއްޓާލާފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ފެނުގެ ސިސްޓަމަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށެވެ. އެހެންނަމަވެސް މިހާރު ވަނީ އެމައްސަލަ ހައްލުކޮށްފައެވެ.

"ދަރުމަވަންތަ ހޮސްޕިޓަލްގެ 9 ވަނަ ފަންގިފިލާ (ލެބޯޓަރީ) ގައި ފެނުގެ ސިސްޓަމަށް ދިމާވި މައްސަލަ މިހާރުވަނީ ހައްލުކުރެވިފައިއެވެ. ވުމާއިއެކު ލެބޯޓަރީގެ ޙިދުމަތް ކުރިއެކޭވެސް އެއްފަދައިން ލިބޭނެ ވާހަކަދެންނެވީމެވެ. މިކަމުން ދިމާވި ދަތިތަކަށް ނިހާޔަތަށް މަޢާފަށް އެދެމެވެ." އައިޖީއެމްއެޗުން ބުންޏެވެ.

މިއަދު ލެބޯޓްރީގެ އެއްވެސް ޚިދުމަތެއް އައިޖީއެމްއެޗުން ނުދިން ނަމަވެސް އެ ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައިވާ މީހުންގެ ސާމްޕަލް ނަގައި ހުޅުމާލެ ހޮސްޕިޓަލުގެ ލެބަށް ގެންގޮސް ޓެސްޓުކުރުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައި ކަމަށް އެހޮސްޕިޓަލުން ވަނީ ބުނެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!