ޚަބަރު ސިޔާސީ

ރައީސް ޞާލިހާ ދެކޮޅު އެމްޑީޕީ މެމްބަރުން ޕާޓީން ވަކިކުރަން ނުސީދާކޮށް ގޮވާލައިފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ދެކޮޅު ހައްދަވަމުން ގެންދާ އެމްޑީޕީ މެމްބަރުން އެޕާޓީން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) ނުސީދާކޮށް ގޮވާލައްވައިފި އެވެ.

Ads by MWSC

ރައީސް ޞާލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ދެމެދު އުފެދިގެން އުޅޭ ހިޔާލުތަފާތުވުންތަކުގައި ޕާޓީގެ އިސް ސަފުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބައެއް ބޭފުޅުންނާއި އާންމު މެމްބަރުންވެސް ގެންދަވަނީ ސަރުކާރާއި ދެކޮޅަށް ވާހަކަ ދައްކަވަމުންނެވެ. މިއަހަރު އޮންނަ ރިޔާސީ އިންތިހާބަށް ރައީސް ޞާލިހު ކުރިމަތިލެއްވިނަމަވެސް އެމަނިކުފާނަށް ތާއީދު ނުކުރައްވާނެކަމަށްވެސް އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް ދަނީ ބުނަމުންނެވެ.

މިދަނޑިވަޅުގައި މަވޯޓާ ވިދާޅުވީ ޕާޓީގެ މެމްބަރުންގެ ގޮތުގައި ތިބެގެން ޕާޓީ ފިތުނަކޮށް ޕާޓީއާ ދެކޮޅު ހަރަކާތް ހިންގާ ޕާޓީ ބައިބައިކޮށްލަން ބަޔަކު މިކުރާ މަސައްކަތް ބަލައިނުގަނެވޭ ކަމަށެވެ.

ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންވެސް ދަނީ ރައީސް ޞާލިހަށް ތާއީދު ނުކުރައްވާކަމަށް ވިދާޅުވަމުންނެވެ. އެފަދަ ފަރާތްތައް މަގާމުތަކުން ވަކިކުރަން ސަރުކާރަށް ތާއީދުކުރާ ސިޔާސީ ބޭފުޅުން ދަނީ ގޮވައިލައްވަމުންނެވެ.

ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދު ކުރައްވާ މެމްބަރުން ދަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް މިއަހަރުގެ އިންތިހާބުގައި ތާއީދު ކުރާފަދަ މޭރުމަކުން ވާހަކަދައްކަވަމުންނެވެ. ރައީސް ނަޝީދުގެ އަރިސް ބޭފުޅުންނާއި ގާސިމްގެ އަރިސް ބޭފުޅުން ދަނީ މިފަހުން ގިނަ މަޝްވަރާ ބައްދަލުވުންތަކެއްވެސް ބާއްވަމުންނެވެ.

ރައީސް ނަޝީދާއި ގާސިމް ކޯލިޝަން ހައްދަވައިފިނަމަ ރައީސް ޞާލިހަށްވުރެއް ގިނަ ވޯޓު ގާސިމަށް ލިބުމުގެ ފުރުސަތު އެބައޮތްކަމަށް ސިޔާސީ ތަޖުރިބާކާރުން ދެކެވަޑައިގަންނަވަ އެވެ. މިފަހުން ޖޭޕީއާއިއެކު އެމްއާރުއެމްއިންވެސް ވަނީ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފަ އެވެ.

Ads by Allied Insurance
  1. ިިނިންމާށޭ

    ގާސިމް އިބްރާހިމް އެބަޖެހޭ މިހަފްތާ ގައި އިއުލާން ކުރަން ޓްވީޓަކުން ނަމަވެސް ތިމަންނާ މިފަހަރު ރިޔާސީ އިންތިޚާބުގައި 2 ބުރުގައި ވެސް ރިޔާސީ ކެންޑިޑޭޓަކީ ގާސިމް އިބްރާހިމް ކަން މިފަހަރު ދެވަނަ ބުރަކަށް ގޮސްފިނަމަ ވެސް ޖޭޕީ އެހެން ޕާރޓީ އަކަށް ތާއީދު ނުކުރާނެ ކަމަށް އެގޮތަށް އިއުލާން ކޮށް ހަދާ ވަރަށް ކެރިގެން ގާސިމް ނިކުންނަންވީ ވަގުތު ފާއިތު ނުވަނީސް މާލެ ތެރޭގައި މިހާރު ވާހަކަ ދެކެވެނީ ގާސިމް ސަރުކާރަށް ވިކިއްޖެ ކަމަށާއި ފުވައްމުލަކު ވަގު ފައިސަލް ގޮސް ގާސިމް އިބްރާހިމް އާއި ބައްދަލު ކުރުމުން އެއްގޮތަކަށް ވެސް މިފުރުސަތުގެ ބޭނުން ގާސިމް ނަގާލައިގެން ނުވާނެއޭ ޖޭޕީ މިފަހަރު ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށް ފިނަމަ ކުރިއަށް އޮތް 100 އަހަރު ވެސް ޖޭޕީން ރާއްޖޭގައި ވެރިކަން ކުރާނެ ކަން އެއީ ޔަގީންވެ ކަށަވަރުވާ ކަމެކޭ ގާސިމް އަަވަހަށް ނިންމާށޭ ނިންމާށޭ ނިންމާށޭ ނިންމާށޭ ނިންމާށޭ ނިންމާށޭ ނިންމާށޭ ނިންމާށޭ ނިންމާށޭ ނިންމާށޭ ނިންމާށޭ ނިންމާށޭ ނިންމާށޭ ނިންމާށޭ ނިންމާށޭ ނިންމާށޭ ނިންމާށޭ ނިންމާށޭ ނިންމާށޭ ނިންމާށޭ ނިންމާށޭ ނިންމާށޭ ނިންމާށޭ ނިންމާށޭ ނިންމާށޭ ނިންމާށޭ ނިންމާށޭ ނިންމާށޭ ނިންމާށޭ ނިންމާށޭ ނިންމާށޭ ނިންމާށޭ ނިންމާށޭ ނިންމާށޭ ނިންމާށޭ ނިންމާށޭ

  2. ދަސީލާ

    މަވޯޓާ މެން ހޭދެބައިވިނަމަވެސް ކޮންމެ ކަމަކަށް ވެސް ނިމުން އޮންނަ ގޮތަށް ރައީސް އިބޫގެ މިވެރިކަމުގައި ސިއްކަ ވެސް ޖެހޭނެއޭ އަދި މިރާއްޖޭގައި ވެރިކަން ކުރާ ނިޒާމްގެ ތެރޭން މަޖްލީހުގެ ދައުރު ވަރަށް ބޮޑަށް ކުޑަ ކޮށް މަޖްލީހަކީ އެއީ ބޭނުން ނެތް ތަނެއްގެ ގޮތުގައި ހަދާނެއޭ ގާސިމް އާއި އަންނި ވެރިކަމަށް އަތުވެއްޖެނަމަ އެއީ ޔަގީން ކަމެކޭ އައްޑޫ އާލާތުންނަށް ނޭގޭނެއޭ ގައުމެއް ތަރައްގީ ކުރަންވީ ގޮތް އެހެން ނަމަ އައްޑޫ އޮންނާނީ ތަރައްގީ ވެފައޭ އެއާލާތުން އަބަދުވެސް ކުށްވެރިކުރާނީ ސަރުކާރޭ އެކަމަކު އެއާލާތުން ޑްރަގް ވިއްކާ ވައްކަން ކުރާ ވާހަކަ އައްޑޫ އާލާތުން ނުދައްކާނެދޯ މަވޯޓާ ދެން ދެފައި ދަނޑިއަށް ސީލަބަލަ ސީލާ ސީލާ ސީލާ ސީލާ ސީލާ ދަސީލާ…