ދުރު ނޫން މުސްތަގުބަލެއްގައި ސްޓެލްކޯގައި ޓެކްނިކަލް ވަޒީފާތަކުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް ހާއްސަ އެލަވަންސެއް ދޭން ކުންފުނީގެ ބޯޑަށް ހުށަހެޅުއްވުމަށް ވިސްނަވާ ކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
ޝަރީފް ވަނީ އަތޮޅުތަކުގައި މަސައްކަތްކުރާ ސްޓެލްކޯގެ އަންހެން މުވައްޒަފުންގެ އަދަދު މަދުކަން ފާހަގަކުރައްވާ ޓެކްނިކަލް މަގާމުތަކުގައި ހަމަހަމަ ފުރުސަތުތަކެއް ހުރި ނަމަވެސް އެ ފަދަ މަގާމުތަކަށް އަންހެނުން ނުކުންނަ މިންވަރު މަދުވަނީ މުޖުތަމައުގެ ވިސްނުންތައްކަމަށް ފާހަގަކުރައްވާފައެވެ.
ސްޓެލްކޯގައި މަސައްކަތް ކުރައްވާ އަންހެނުން މުވައްޒަފުންނަށް ދެއްވާ ހާއްސަ ސަމާލުކަމަކީ ފާހަގަކޮށްލެވޭކަމެކެވެ. މިގޮތުން މިއަހަރުގެ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށާއި، ރަމަޟާން މަހަށް މަރުހަބާ ކިއުމުގެ އިތުރުން، ކުންފުނިންދޭ ހައްޖު އަދި އުމްރާގެ ފުރުސަތަށް ގުރުއަތު ނެގުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެކުންފުނީގެ އަންހެން މުވައްޒަފުންނާއި މުހާތަބުކޮށް ޝަރީފް ވިދާޅުވީ ސްޓެލްކޯގެ މަސައްކަތު މާހައުލަކީ އަންހެން ބޭފުޅުންނަށް ރައްކާތެރި އަންހެން ބޭފުޅުންނަށް ގަދަރު ކުރާ އަދި އަންހެން ބޭފުޅުންނަށް ހަމަހަމަ ފުރުސަތު ލިބިފައި ތަނަވަސް ވެފައި އޮންނަ މާހައުލަކަށް ހެދުމަށްޓަކައި ވަރަށް މަސައްކަތް ކުރައްވާނެކަމަށެވެ.
އަދި ހަމައެހެންމެ އެކުންފުނީގެ ފިރިހެން މުވައްޒަފުން ކުރިއަށް ދާނީ އަންހެން މުވައްޒަފުންނާއި އެކުގައި އެބޭފުޅުން ގޮވައިގެން ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.
ބަލަ ރައްޔިތުން ދައްކާ ޓެކުސް ފައިސާ ކަލޭމެން ޖީބަށް ލައިގެން ޔުޓިލިޓީ ހުދުމަތް އަގުބޮޑު ކޮށްގެން ތިޔައުޅެނީ ރައްޔިތުން ފެލާލަންތޯ ދައުލަތުގެ ތެރޭގައި މާލިއްޔަތު ލޫޓުވާ ޗޯރުންވެސް ގިނަވެއްޖެ !
ހަމަހަމަވެފަ ކޮބާ؟ މިހާރު ތިއުޅެނީ އަންހެނުންނަށް އިތުރު އެލަވަންސެއް ދޭން. ތިބުނާ ހަމަހަމަ ކަމެއް ނުގެނެވޭނެ ގިޔާމަތްވަންދެން މަސައްކަތް ކުރިޔަސް.
ފަންނީ މަސައްކަތް ތަކަށް ދިރާގު އަންހެން ޖީލު ޝައުޤުވެރިވުން އެއީ މަމެން އުފާ ކުރާ ކަމެކޭ ފަންނީ މަސައްކަތް ތަކުގެ ރަސްގަފާނަކީ އިންޖިނިއަރިންގް މެތެމެޓިކްސް އަދި ރާނީ އަކީ ފިޒިކްސްއޭ ހިނގާ އެންމެހާ ދިވެހި އަންހެނުންނޭ ވިސްނަމާ މިކަމާ ހިނގާ މަމެންނާއި އެކު ދާން ކިޔަވަމާ މިމާއްދާތައް ހިނގާ ނަގަން ބުންވަރު ހިފާ މަމެން އަތުގައި މިރޯކުރީ ދަންމަރު ބިނާ ކުރަން ފަންނީ ދިވެހި އަންހެނުން ހިނގާ ބަހީ އާދޭ އެކީގައި ގުޅިގެން މި ދަސްކުރަމާ ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ހިނގާ ހިނގާ ހިނގާ ނަށާލާ ނަށާލާ ނަށާލާ ނަށާލާ….