ޢަދާލަތު ޕާޓީގެ އިލްމުވެރިންނަކީ ޙައްޤު ބަސް ވިދާޅުވުމަށް ފަސްޖެހިވަޑައިގަންނަވާނެ ބޭފުޅުންނެެއް ނޫން ކަމަށް ވިދާޅުވެ ޑރ. މުޙައްމަދު އިޔާޒު ޢަބްދުއްލަޠީފް ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލު އަޙުމަދަށް ރައްދެއް ދެއްވައިފިއެވެ.
ޑރ.ޖަމީލު ވަނީ ޢަދާލަތު ޕާޓީގެ ބައެއް ޢިލްމުވެރިންގެ އިޙުލާސްތެރިކަމާމެދު ސުވާލު އުފައްދަވައިފައެވެ.
ޖަރުމަނުވިލާތުގެ ބަރލިންގައި ބޭއްވި އައިޓީބީ ބަރލިން ފެއާގައި ދިވެހި ސަގާފަތް ދައްކައިދިނުމަށް ރާއްޖޭގެ ގުރޫޕަކުން ހުށަހަޅައިދިން ނެށުމާ ގުޅިގެން ޢަދާލަތު ޕާޓީގެ ބައެއް އިލްމުވެރިން ނުރުހުން ފާޅުކުރައްވައި ވާހަކަ ދައްކަވައިފައެވެ.
ޑރ.ޖަމީލު ވަނީ، އެ ބޭފުޅުން ސެންސިޓިވް ވީ ކަމަށް ހެދެން އުޅުއްވަން އެ ފަދަ ވާހަކަ ދެއްކެވީ ކަމަށް ވިދާޅުވެފައެވެ.
ޖަމީލު ވިދާޅުވީ ރާއްޖޭގައި މިހާރު ވެސް ބައިވަރު ލާދީނީ ކަންތައް ހިނގަމުން އަންނައިރު, އެކަމާ އެއްޗެއް ވިދާޅުނުވެ އެ ބޭފުޅުން އަދިވެސް ތިއްބެވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ބައިއަތު ހިފައިގެން ކަމުގައެވެ.
މިކަމަށް ރައްދު ދެއްވައި އިޔާޒު ވިދާޅުވީ ޢަދާލަތުގެ ކޮންމެ ެއިލްމުވެރިޔަކު ވެސް ޙައްޤު ބަސް ބުނުމުގެ މަސްޢޫލިއްޔަތު އަދާކުރެއްވުމަށް ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.
”އެހެން ވިލާތަކަށް ގޮސް އޮއްގާ އުކާކަށް ނުހަދާނެ.“ޑރ. އިޔާޒު ވިދާޅުވިއެވެ.
ޑރ.އިޔާޒު ވިދާޅުވީ އަދާލަތުގެ އިލްމުވެރިންނަކީ ކެރިގެން ޒިންމާ އަދާކުރައްވާނެ ބޭފުޅުން ކަމުގައެވެ.
ތިޔައީ އަދާވަތުގެ އިލްމުވެރިޔެއް
އިޔާޒު ގާގަ މުނާފިގުންގެ ހުރިހާ ސިފައެއް ފުރިހަމަޔައް އެބަ ހަމަވޭ
ކޮބާ ހައްގު ބަސްބުނަން ކެރިފަ ލިވާޠުކުރާ މީހުންގެ އަދަބު ބޮޑުކުރަން މަޖްލިސަށް ހުށައެޅީމަ އެކަން ބޭރުކޮށްލީމަ އެއްޗެއް ބުނަން ނުކެރުނު. ލިވާޠު ކުރާމީހުނަށް
ދޭ އަދަބާ ބެހޭގޮތުން ވާހަކަ ދައްކާކަށް ނުކެރުނު. ޙަމައެކަނި ސޯލިހުގެ ދިފާއުގަ ވާހަކަ ދައްކަނީ. ދެން އަންނިއާ ދެކޮޅަށް އެއީ ހައްގު ބަސް ބުނުމެއް ނޫން. ފާޙިޝް ކަން ތައް ތައް ދައްކާ ވެބްސައިޓްތައް ލޮކް ކުރުމާ ބެހޭ ވާހަކަ ދައްކާކަށްް ނުކެރޭ.
ދިވެހިން އަދާލަތު ޕާޓީން ގޮޑިޔަކަށް ކުރިމަތި ލައިފިއްޔާ ނުހޮވާ ތިބެ އަދާލަތަށް އެއްޗެހި ގޮވުމަކީ ހަމަޖެހޭ ކަމެއްނޫން، އަދާލަތަށް ޗާންސު ދީބަލަ ދީފަ ރަގަޅު ނޫނިއްޔާ އެއްޗެހި ގޮވާބަލަ !