މޯލްޑިވިއަންގެ ފްލައިޓެއް ކުއްލި ހާލަތުގައި ވީއައިއޭއަށް ޖައްސައިފި

ޓެކްނިކަލް މައްސަލައެއް ދިމާވެ، ޤައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓެއް ކުއްލި ހާލަތުގައި އަނބުރާ ވީއައިއޭއަށް ޖައްސައިފިއެވެ.
ވީއައިއޭއިން ބުނިގޮތުގައި، ޓެކްނިކަލް މައްސަލައެއް ދިމާވެގެން އަނބުރާ ޖެއްސީ އެއާޕޯޓުން ލ. ކައްދޫއަށް ދަތުރުކުރި ފްލައިޓެކެވެ.
މޯލްޑވިވިއަން އިން ބުނީ މި ފްލައިޓު އަނބުރާ ޖެއްސީ މިއަދު ހެނދުނު ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ.
ފްލައިޓަށް ދިމާވި ޓެކްނިކަލް މައްސަލައަކީ އެހައި ބޮޑު މައްސަލައެއް ނޫން ކަމަށްވެސް މޯލްޑިވިއަން އިން ބުނެއެވެ.
ނަމަވެސް ކުއްލި ހާލަތު ދިމާވާން މެދުވެރިވީ ކީއްވެކަން ހާމަކޮށްފައެއް ނުވެއެވެ.
ފްލައިޓަށް ދިމާވި މައްސަލަ ހައްލުކުރުމަށް މޯލްޑިވިއަންގެ ޓެކްނިކަލް ޓީމުން މަސައްކަތްކުރަމުން އަންނައިރު، މިއަދު މެންދުރުފަހު 1:00 ގެ ކުރިން ފްލައިޓްގެ ދަތުރުތައް ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އެއާލައިނުން ބުނެއެވެ.
އާނ ދިމާވީ އެހާ ބޮޑު މައްސަލަ އެއް ނޫން އެކަމް ވަގުތުން ބޯޓު ގުރައުންޑް ކުރަން ޖެހުނު ދޯ. ދޮގު ނުހަދަބަ.
އެތެރޭގެއުދުހުންތައްމިހާއަގުބޮޑުގައުމެއްދުނިޔޭގައިވަކިންނޯންނާނ ޖަރުމަނުންއިނގިރޭސިވިލާތައް20ޑޮލަރއަށްފުލައިޓުގައިއަހަރެންދަތުރުކުރިންއެވެސްލާރިހޯދަންކުރާވިޔަފާރިދޯ