ފަސްވަނަ ބުރިން ވެއްޓި ކުޑަކުއްޖަކު ނިޔާވެއްޖެ

މާލޭ ގެއެއްގެ ފަސްވަނަ ބުރިން ވެއްޓި ކުޑަކުއްޖަކު ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހެންވޭރު ގެއެއްގެ ފަސްވަނަ ވަނަ ބުރިން ވެއްޓި ރޭ ދަންވަރު ނިޔާވީ އުމުރުން އެންމެ ހަތަރު އަހަރުގެ ފިރިހެން ކުއްޖެއް ކަމަށްވަނީ މަޢުލޫމާތު ލިބިފައެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި ހާދިސާ ހިނގީ ރޭ 12:30 އެހާކަށް ހާއިރުގައެވެ.
އެ ކުއްޖާ އަކީ ހެންވޭރު ރޯޝަނީ މަގުގައި ހުންނަ އެސްޕީވިލާގެ 5 ވަނަ ފަންގި ފިލާގައި ދިރިއުޅެމުން ދިޔަ ކުއްޖެއް ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.
ކުއްޖާ ނިޔާވީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ރޭ މެންދަމު ދޭއް ޖަހާކަންހާއިރެވެ.
މާލޭގައި މަދުމަދުން ނަމަވެސް ބެލްކަނިން ވެއްޓި ކުދިން ނިޔާވުމުގެ ހާދިސާތައް ހިނގައެވެ.