އިންތިޚާބުތަކަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ބުނެ މަޖިލީހަށް ޤަރާރެއް

އިންތިޚާބުތަކަށް ސަރުކާރުން ނުފޫޒު ފޯރުވުން ހުއްޓައިލަން ގޮވައިލާ ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް މި ގަރާރު ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮތީ މި ގަރާރު މަޖިލީހަށް ތައާރަފުކުރުމެވެ.
އެ ޤަރާރުގައި އިތުރަށް ބުނެފައިވަނީ 2018 ވަނަ އަހަރު އެމްޑީޕީ ވެރިކަމަށް އައުމަށް އިންތިޚާބުތައް އިންސާފުވެރިކުރުމާއެކު މިނިވަން އިންތިޚާބުތައް ކަށަވަރުކޮށްދިނުމަށް ވެފައިވާ ވައުދާ އެއްގޮތަށް ސަރުކާރުން އެ ވައުދު ތަންފީޒުކުރަމުންދާތައް ނުފެންނަ ކަމަށެވެ. އަދި އެކަމުގައި ސަރުކާރުން ސާފު ސިޔާސަތެއް ގެންގުޅޭކަން އެނގެން ނެތްކަމަށާއި، އިންތިޚާބުތަކަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތު ބޮޑުވައިވާ ކަމަށެވެ.
ދައުލަތުގެ ބްރޯޑްކާސްޓްކުރާ ފަރާތްތަކުން ކެންޑިޑޭޓުންގެ މެދުގައި ހަމަހަމަ ފުރުސަތު ނުދޭ ކަމަށާއި ސަރުކާރުން ތާއީދުކުރާ ކެންޑިޑޭޓަށް ފާޅުކަން ބޮޑު ގޮތެއްގައި ކެމްޕޭން ކޮށްދޭ ކަމަށް މި ގަރާރުގައި ވަނީ ބުނެފައެވެ.