ކޮވިޑް19 ޖެހިގެން ރާއްޖެއިން އިތުރު ދިވެއްސަކު ނިޔާވެއްޖެ
ކޮވިޑް19 ޖެހިގެން އިތުރު ދިވެއްސެއް ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ އުމުރުން 61 އަހަރުގެ އަންހެނެކެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ ކޮވިޑް ޖެހިގެން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 61 އަހަރުގެ ދިވެހި އަންހެނަކު ރޭ ދަންވަރު 01:45 ގައި ނިޔާވެފައިވާ ކަމަށެވެ.
މިއީ ކޮވިޑް ޖެހިގެން ރާއްޖެއިން ނިޔާވި 22 ވަނަ މީހާއެެވެ.
މިހާތަނަށް ކޮވިޑް ޖެހިގެން ރާއްޖެއިން ނިޔާވެފައިވަނީ 17 ދިވެހީންނާއި، ބަންގްލަދޭޝްގެ ހަތަރު މީހަކާއި ފިލިޕީންސް މީހެކެވެ.
ރާއްޖެއިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އަނެއްކާ ވެސް އިތުރުވާން ފަށާފައިވާއިރު އިއްޔެއާ ހަމައަށް ރާއްޖެއިން މުޅި ޖުމްލަ 5،494 މީހަކު ވަނީ މިބައްޔަށް ފައްސިވެފައެވެ.
Ads by Allied Insurance