ކުޅިވަރު

އަގުބޮޑު އިނާމުތަކާއެކު އައިރަނަރސްގެ ރޯދަ ޗެލެންޖު މިއަހަރުވެސް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރޯދަ މަހަށް ޚާއްސަކޮށްގެން އައި ރަނާސް އިން ޑިސްޓެންސް ޗެލެންޖް އަދި ވާޗުއަލް ރަންއެއް ބާއްވަން ނިންމައިފިއެވެ.

Ads by Sosun Fihaara

މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ވަނީ ހުޅުވައިލައިފައެވެ. ދުވުމުގައި ބައިވެރިވެވޭނީ އޮންލައިންކޮށެވެ. އަދި ސުންގަޑިއަކީ 10 އޭޕްރީލްގެ ނިޔަލެވެ.

 

View this post on Instagram

 

A post shared by irunners Maldives (@irunnersmv)

އައިރަނާސް އިން "ދެން"އާ ވާހަކަ ދައްކަވަމުން ބުނެފައިވަނީ މި ޗެލެންޖް ކުރިޔަށްދާނީ ދެ ކެޓެގަރީއަކަށް ކަމަށެވެ. އަދި ދެ ކެޓެގަރީގައި ސަބް ކެޓެގެރީ ހުންނާނެ ކަމަށް ބުންޏެވެ.

ޑިސްޓެންސް ޗެލެޖްސް

  • 50 ކިލޯމީޓަރު
  • 100 ކިލޯމީޓަރު
  • 150 ކިލޯމީޓަރު
  • 300 ކިލޯ މީޓަރު

ވާޗުއަލް ރަން

  • 5 ކިލޯމީޓަރު
  • 10 ކިލޯމީޓަރު
  • 21.1 ކިލޯމީޓަރު

ޑިސްޓެންސް ޗެލެންޖް ފުރިހަމަ ކުރަން ބޭނުންވާ ފަރާތްތަކުން ރޯދަ މަހު 20 ދުވަހު ދުވުން ފުރިހަމަ ކުރަން ޖެހޭނެއެވެ. އަދި ސްޓްރާވާ ރަނިން އެޕް މެދުވެރިކޮށް ދުވުމުގެ ސްޓެޓްސް ރިކޯޑް ކުރުމަށްފަހު އައި ރަނާސްގެ ސައިޓަށް އަޕްލޯޑް ކުރަން ޖެހޭނެއެވެ. ރަން ފުރިހަމަ ކުރާ ފަރާތްތަކަށް އެކަމުގެ މެޑަލް ލިބޭނެއެވެ.

ވާޗުއަލް ރަންގައި ބައިވެރިވާ ފަރާތްތަކަށް ދުވަން ވަކި ތާރީޚެއް ދެވޭނެއެވެ. އަދި ދުވުން ފުރިހަމަ ކުރުމުން މެޑަލް ލިބޭނެވެ.

މި ދެ ޗެލެންޖްގައި ވެސް ބައިވެރިވުމުގެ ފީއަކީ 150އެވެ. ރަންގެ ޚާއްސަ ޓީޝާޓާއެކީ ފުލް ކިޓެއް ނަންގަވާނަމަ 350ރުފިޔާއެވެ.

މި ޗެލެންޖްގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ގުރުއިން ވަނަވަނައަށްދާ ފަރާތްތަކަށް އެކިއެކި އިނާމުވަނީ ކަނޑައަޅާފައެވެ. މިގޮތުން ފެމިލީ ރޫމްގެ ގިފްޓް ވައުޗާއަކާއި ދުވުންތެރިންގެ މެދުގައި މަޤްބޫލު ގާމިން ގަޑި ހިމެނެއެވެ. މި ޖެލެންޖްގެ ކޮންމެ ހަފްތާއަކު ވެސް ނަސީބުވެރިން ހޮވާނެއެވެ.

އައިރަނަރސްއިން ކޮންމެ އަހަރަކު ރޯދަމަހާ ދިމާކޮށް ބާއްވާ މި ޗެލެންޖުގެ މިއަހަރުގެ ރަނިން ޕާޓްނަރއަކީ ފިޓް ރަނަރސްއެވެ. އަދި ކޮފީ ޕާޓްނަރއަކަށް ފެމިލީ ރޫމް ކޮފީ ހަމަޖެހިފައިވާ އިރު މީޑިއާ ޕާޓްނަރއަކީ ދެން އޮންލައިނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!