ކުޅިވަރު

200އަށް ވުރެ ގިނަ ބައިވެރިނާއެކު އައިރަނާސް ރޯދަ ޗެލެންޖް ފަށަައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

200އަށް ވުރެ ގިނަ ބައިވެރިނާއެކު އައިރަނާސް ރޯދަ ޗެލެންޖް ފަށަައިފިއެވެ.

Ads by MWSC

މި ދުވުގައި ބައިވެރިވެވޭނީ 10 އޭޕްރީލްގެ ނިޔަލެވެ. ބައިވެރިވާން ބޭނުންފުޅުވާ ބޭފުޅުން އައިރަނާސްގެ ވެބްސައިޓަށް ޒިޔާރަތް ކުރައްވައިގެން އެކަން ފަސޭހަކަމާއެކުކޮށްލެވޭނެއެވެ.

އައިރަނާސް އިން "ދެން"އާ ވާހަކަ ދައްކަވަމުން ބުނެފައިވަނީ މި ޗެލެންޖް ކުރިޔަށްދާނީ ދެ ކެޓެގަރީއަކަށް ކަމަށެވެ. އަދި ދެ ކެޓެގަރީގައި ސަބް ކެޓެގެރީ ހުންނާނެ ކަމަށް ބުންޏެވެ.

ޑިސްޓެންސް ޗެލެޖްސް

  • 50 ކިލޯމީޓަރު
  • 100 ކިލޯމީޓަރު
  • 150 ކިލޯމީޓަރު
  • 300 ކިލޯ މީޓަރު

ވާޗުއަލް ރަން

  • 5 ކިލޯމީޓަރު
  • 10 ކިލޯމީޓަރު
  • 21.1 ކިލޯމީޓަރު

ޑިސްޓެންސް ޗެލެންޖް ފުރިހަމަ ކުރަން ބޭނުންވާ ފަރާތްތަކުން ރޯދަ މަހު 20 ދުވަހު ދުވުން ފުރިހަމަ ކުރަން ޖެހޭނެއެވެ. އަދި ސްޓްރާވާ ރަނިން އެޕް މެދުވެރިކޮށް ދުވުމުގެ ސްޓެޓްސް ރިކޯޑް ކުރުމަށްފަހު އައި ރަނާސްގެ ސައިޓަށް އަޕްލޯޑް ކުރަން ޖެހޭނެއެވެ. ރަން ފުރިހަމަ ކުރާ ފަރާތްތަކަށް އެކަމުގެ މެޑަލް ލިބޭނެއެވެ.

ވާޗުއަލް ރަންގައި ބައިވެރިވާ ފަރާތްތަކަށް ދުވަން ވަކި ތާރީޚެއް ދެވޭނެއެވެ. އަދި ދުވުން ފުރިހަމަ ކުރުމުން މެޑަލް ލިބޭނެވެ.

މި ދެ ޗެލެންޖްގައި ވެސް ބައިވެރިވުމުގެ ފީއަކީ 150އެވެ. ރަންގެ ޚާއްސަ ޓީޝާޓާއެކީ ފުލް ކިޓެއް ނަންގަވާނަމަ 350ރުފިޔާއެވެ.

މި ޗެލެންޖްގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ގުރުއިން ވަނަވަނައަށްދާ ފަރާތްތަކަށް އެކިއެކި އިނާމުވަނީ ކަނޑައަޅާފައެވެ. މިގޮތުން ފެމިލީ ރޫމްގެ ގިފްޓް ވައުޗާއަކާއި ދުވުންތެރިންގެ މެދުގައި މަޤްބޫލު ގާމިން ގަޑި ހިމެނެއެވެ. މި ޖެލެންޖްގެ ކޮންމެ ހަފްތާއަކު ވެސް ނަސީބުވެރިން ހޮވާނެއެވެ.

އައިރަނަރސްއިން ކޮންމެ އަހަރަކު ރޯދަމަހާ ދިމާކޮށް ބާއްވާ މި ޗެލެންޖުގެ މިއަހަރުގެ ރަނިން ޕާޓްނަރއަކީ ފިޓް ރަނަރސްއެވެ. އަދި ކޮފީ ޕާޓްނަރއަކަށް ފެމިލީ ރޫމް ކޮފީ ހަމަޖެހިފައިވާ އިރު މީޑިއާ ޕާޓްނަރއަކީ ދެން އޮންލައިނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!