Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ރޯދަ ޗެލެންޖްގެ ފުރަތަމަ ގުރުނެގުން މިރޭ، ނަސީބުވެރި ފަރާތަކަށް ގާމިން ގަޑިއެއް

ރޯދަ ޗެލެންޖްގެ ފުރަތަމަ ގުރުނެގުން މިރޭ، ނަސީބުވެރި ފަރާތަކަށް ގާމިން ގަޑިއެއް
އައިރަނާސްއިން އިންތިޒާމުކޮށްގެން މިއަހަަރު ބާއްވާ ރޯދަ ޗެލެންޖްގެ ޑިސްޓެންސް ޗެލެޖްގެ ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނަގާ ފުރަތަމަ ގުރުނެގުން މިރޭ ކުރިޔަށް ގެންދާ ގޮތަށް ހަމަޖެހިއްޖެއެވެ. ގުރުނެގުން އޮންނާނީ މިރޭ 9 ޖަހާއިރުއެވެ. ޑިސްޓެންސް ޗެނެލްޖްގައި މިރޭ ހޮވޭ ފަރާތަކަށް ލިބޭނީ ދުވުންތެރިންގެ މެދުގައި މަޤްބޫލު، ގާމެން ގަޑިއެކެވެ. މިރޯދަ ޗެލެންޖްގައި 200އަށްވުރެ ގިނަ ބައިވެރިން މިހާރު ބައިވެރިވެފައިވާއިރު، މި ދުވުމުގައި ބައިވެރިވުމުގެ އެންމެ ފަހު ތަރީޚަކީ އޭޕްރީލް 10އެވެ. ޑިސްޓެންސް ޗެލެންޖް ފުރިހަމަ ކުރަން ބޭނުންވާ ފަރާތްތަކުން ރޯދަ މަހު 20 ދުވަހު ދުވުން ފުރިހަމަ ކުރަން ޖެހޭނެއެވެ. އަދި ސްޓްރާވާ ރަނިން އެޕް މެދުވެރިކޮށް ދުވުމުގެ ސްޓެޓްސް ރިކޯޑް ކުރުމަށްފަހު އައި ރަނާސްގެ ސައިޓަށް އަޕްލޯޑް ކުރަން ޖެހޭނެއެވެ. ރަން ފުރިހަމަ ކުރާ ފަރާތްތަކަށް އެކަމުގެ މެޑަލް ލިބޭނެއެވެ. ވާޗުއަލް ރަންގައި ބައިވެރިވާ ފަރާތްތަކަށް ދުވަން ވަކި ތާރީޚެއް ދެވޭނެއެވެ. އަދި ދުވުން ފުރިހަމަ ކުރުމުން މެޑަލް ލިބޭނެވެ. މި ދެ ޗެލެންޖްގައި ވެސް ބައިވެރިވުމުގެ ފީއަކީ 150އެވެ. ރަންގެ ޚާއްސަ ޓީޝާޓާއެކީ ފުލް ކިޓެއް ނަންގަވާނަމަ 350ރުފިޔާއެވެ. މި ލަކީޑްރޯގެ އިތުރުން ކޮންމެ ހަފްތާއަކު ވެސް މި ދުވުމުގައި ބައިވެރިވާ ބައިވެރިންގެ މެދުގައި ގުރުނަގައިގެން ނަސީބުވެރިޔަކު ހޮވާނެއެވެ.

ހަފްތާ ލަކީޑްރޯ އަށް ޝަރުތު ހަމަވަނީ ކޮންބައެއް؟

ކޮންމެ ހަފްތާއަކު ލަކީޑްރޯއަށް ފުރުސަތު ލިބޭނީ ޑިސްޓެންސް ޗެލެންޖް50ކމ، 100ކމ، 150ކމ އަދި 300ކމގެ ބައިވެރިންނަށް އެކަންޏެވެ. އިންސްޓަގްރާމް/ފޭސްބުކް ސްޓޯރީއަށް ރަންގެ ސްޓޯރީ ޕޯސްޓްކޮށް، ހޭޝްޓެގް #roadharun އަދި  @irunnersmv، @fitrunners އަދި @familyroomcafe މެންޝަން ކުރާ ފަރާތްތައް މި ބައިވެރިން ވީކްލީ ލަކީޑްރޯއަށް ކޮލިފައިވުމަށް މަދުވެގެން 5 ސްޓޯރީ/ޕޯސްޓް (ހަފްތާތެރޭގައި) ބޭނުންވާނެއެވެ.

އައިރަނަރސްއިން ކޮންމެ އަހަރަކު ރޯދަމަހާ ދިމާކޮށް ބާއްވާ މި ޗެލެންޖުގެ މިއަހަރުގެ ރަނިން ޕާޓްނަރއަކީ ފިޓް ރަނަރސްއެވެ. އަދި ކޮފީ ޕާޓްނަރއަކަށް ފެމިލީ ރޫމް ކޮފީ ހަމަޖެހިފައިވާ އިރު މީޑިއާ ޕާޓްނަރއަކީ ދެން އޮންލައިނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް