ޚަބަރު ސިޔާސީ

ދިވެހި ފުލުހުންގެ ޚިދުމަތުގެ ވެރިންނާއި މާރިޔާ ފެއިލް ވުމުގެ ޒިންމާ ޕީޕީއެމްގެ ބޮލުގެ ނޭޅުވޭނެ: ޝުޖާއު

އާމިނަތު ސަޒްރާ ، ދެން އޮންލައިން
އިބްރާހިމް ޝުޖާއު / ފޮޓޯ: ދެން އިމޭޖްސް

ދިވެހި ފުލުހުންގެ ޚިދުމަތުގެ ވެރިންނާއި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ފެއިލްވުމުގެ ޒިންމާ ޕީޕީއެމްގެ ބޮލުގެ ނޭޅުވޭނެ ކަމަށް މާލޭ ސިޓީ ކައުންސިލުގެ ހުޅުމާލޭ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޝުޖާއު މިހެން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ރޭ މާލޭގައި ބޭއްވި އެއްވުމުގެ ތެރެއިން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ މޮޓޯކޭޑަށް ހުރަސް އެޅި މައްސަލައާއި ގުޅިގެން އިދިކޮޅު ފަރާތްތަކަށް ގިނަބައެއް ފާޑުކިޔުން އަމާޒުވެފައިވަނިކޮށެވެ. ޝުޖާއު ވިދާޅުވީ އިދިކޮޅުގެ މުޅި ލަޝްކަރު ހަޅޭލަވާނެ ކަމަށާއި އެއަޑު އަހަން ނޫޅުނަސް ރައީސަށް އެއަޑު އިއްވާނެކަމަށެވެ.

"ޤައުމު ލޫޓުވާލާފަ،މިނިވަންކަން ވިއްކާލާފަ،ކަނޑުވިއްކާލާފަ،ދިވެހި ރައްޔިތުންގެ ރިޔާސީ ކެނޑިޑޭޓަށް ހަރާމް ހުކުމެއް އިއްވާ ޖަލުގައި ބާއްވާފަ ފަސޭހަކަމާއެކު ކެންޕެއިން ކުރެވިދާނެ ކަމަށް ވިސްނައިގެން ނުވާނެ. އަޅުގަނޑުމެންގެ މުޅި ލަޝްކަރު ހަޅޭލަވާނެ އަޑު އަހަން ނޫޅުނަސް އަޑު އިއްވާނެ. ޖެހޭނީ ހަޖަމު ކުރަން." ޝުޖާއު ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން ރޭ މާލޭގައި ބޭއްވި އެއްވުމުގެ ތެރެއިން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ މޮޓޯކޭޑަށް ހުރަސް އެޅުމަށް ރޭވުމުގައި އިސްކޮށް ހުރި ކަމަށް ތުހުމަތުކޮށް، ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު ޝިޔާމް ވަނީ ހައްޔަރުކޮށްފައެވެ. ރޭގެ މުޒާހަރާގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ. ގިނަ ބަޔަކު ހައްޔަރުކޮށްފައިވަނީ ރައީސްގެ މޮޓޯ ކޭޑަށް ހުރަސް އަޅައިގެންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!