ޚަބަރު

ރޯދަ މަހު ތަކެތީގެ އަގު ބޮޑު ވިޔަ ނުދިނުމަށް ކުރަންޖެހޭ ކަންކަން ދަނީ ކުރަމުން: އެސްޓީއޯ

ރައުފާ ރަޝީދު ، ދެން އޮންލައިން

ރޯދަ މަހު ތަކެތީގެ އަގު ބޮޑު ވިޔަ ނުދިނުމަށް ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

އަމްރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބާޒާރުގަ ކާށީގެ އަގު ވަރަށް ބޮޑުވެ އަދި އަގު ދަށަށް ނުދިޔުމާ ގުޅިގެން އެސްޓީއޯ އިން ގެންނަ ކާށި ޝިޕްމެންޓް މި މަހު 27 ގައި ރާއްޖެ ވަންނާނެ ކަމަށެވެ. އަދި މި ރޯދަ މަހު ތަކެތީގެ އަގު އެހެން އަހަރު ތަކެކޭވެސް އެއްފަދައިން ބޮޑު ވިޔަ ނުދިނުމަށް ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށް އަމްރު ވިދާޅުވިއެވެ.

އަމްރު މިފަދައިން ވިދާޅުވެފައިވާއިރު ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވީ އާންމުކޮށްވެސް ރޯދަ މަހުގައި ބާޒާރުގައި ތަކެތީގެ އަގު ޑިމާންޑާއެއްކޮށް އަންނަ ބަދަލުތަކުގެ ސަބަބުން ބޮޑުވެގެންދާ ކަމަށެވެ. އަދި އެކަމަށް ހައްލެއް ގެނައުމަށްޓަކައި މިހާރުވެސް އެސްޓީއޯއިން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، އިމްޕޯޓްކޮށްގެން މާކެޓުގައި ސަޕްލައި އިތުރުކޮށްގެން އަގު ތިރިކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އަމީރު ވިދާޅުވިއެވެ.

 1. ރެއްކަބޭ

  މާތްވެގެންވާ ރަމަޟާންމަހު ރައްޔިތުން ހަންދަމާ ތަކެތީގެއަގު ހިތުހުރިވަރަކަށް ވިއްކިޔަދީގެންނުވާނެ. ތަކެތިވިއްކާ މީހުން ޒައިޒަށްތިރިކުރަން ސަރުކާރުން ތިޔަކުރައްވާ މަސައްކަތަށް ޝުކުރުހައްގުވޭ.

  • ކަންބޮޑުވާތީ ....

   ސަރުކާރުގެ ރޯދަ މަހުގެ މަސައްކަތަަށް ވަރަށް ޝުކުރިއްޔާ …

   އެކަމަކު އަހަރެއްގެ 12 މަސްދުވަހުގައި އޮންނަ އެންމެ މަހަކު ސަރުކާރުން އެހެން އަގުހެޔޮ ކޮށްދެއްވާފައި ބާކީ އޮންނަ 11 މަސްދުވަހުމުދާތައް ބޮޑުއަގުގައި ވިއްކުމަށް އިންޑިއާ އަދި ބަންގާޅުގެ އުނގު ވިޔަފާރިވެރިން
   (ދިވެހީންގެ ނަމުގައި ވިޔަފާރި ހުއްދަ ނަގައިގެން ބޭރުމީހުން ކުރާ ވަގު ވިޔަފާރި)

   ރާއްޖޭގެ އާންމުރައްޔިތުންގެ ވިޔަފާރިއަށް ހަދާނެ އެޗެއް ހެދީމާ މިވާ ގޮތަކީ………
   ދުވަހަކުވެސް ރާއްޖޭގެ ވިޔަފާރިތައް އަދި ޢާންމު ހާލަތު ކުރިޔަށް ނުދާތާންގައި ރާއްޖޭން ބޭރަށްދާ ފައިސާގެބައި ބޮޑުވުމުން ކަމާގުޅޭ މިނިސްޓުރީއަށް ކުރާ ޝަކުވާތަކަށްވެސް އަޅައިނުލުމުން ގިނަ ރައްޔިތުން ހަނާވާ ހަނާވުމެވެ.