ޚަބަރު

ރައީސް ނަޝީދުގެ ފެކްޝަނުން މިރޭ ޖޭޕީއާ ބައްދަލު ކުރަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން
ޤާސިމް، ރައީސް ނަޝީދާއެކު.. ފޮޓޯ/ވަން

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން، މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައިވާ ޖުމްހޫރީ ޕާޓީއާއެކު މަޝްވަރާ ކުރުމަށް މިރޭ ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.

Ads by STELCO

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އެދިވަޑައިގެންނެވުމުގެ މަތީން މިރޭ ޖުމްހޫރީ ޕާޓީއާއި ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެމްޑީޕީގެ ފަރާތުން މިބައްދަލުވުމުގައި ބައިވެރިވަނީ އޭނާއާއި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު ކަމަށް ހަސަން ވިދާޅުވިއެވެ.

”އެމްޑީޕީގެ ފަރާތުން، ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ އެދިވަޑައިގަތުމުގެ މަތީން އަޅުގަނޑާއި، ހުސެއިން އަމްރު އާއި ދެމީހުން މިރޭ ޖުމްހޫރީ ޕާޓީއާއިއެކު މަޝްވަރާ ކުރުމަށް އެބަ ބައްދަލުވަން” ހަސަން ލަތީފް ވިދާޅުވިއެވެ.

މި ބައްދަލުވުމަށް ރައީސް ނަޝީދު އެދިފައިވާއިރު އެމަނިކުފާނޖ މިހާރު ގެންދަވަނީ އެމްޑީޕީގެ ތެރޭގައި "ފިކުރެއްގެ ދިރުން" ނަމުގައި ވަކި ފެކްޝަނެއް ހިންގަވަމުންނެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވާ އިރު ރައީސް ޞާލިޙާއެކު މިހާތަނަށް ކޯލިޝަން ހަދާފައިވަނީ އަދާލަތު ޕާޓީ އާއި އެމްޑީއޭއިންނެވެ. ރިޔާސީ އިންތިހާބުގައި ކޯލިޝަން ހަދަން ރައީސް ޞާލިޙް ދެއްވި ދައުވަތު ގަބޫލުނުކޮށް ޖޭޕީން ވަނީ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމާފައެވެ.

Ads by Ooredoo
  1. އަލިބެ

    ތިޔައީ ވަރަށް ގުޅޭ ދެބަޔެވެ. އެއްބަޔަކީ ރާއްޖޭގައި އެންމެ ގިނައިން ބަނގުރާ ވިއްކާ މީހުންނެވެ. އަނެއްބަޔަކީ ހިނދުކޮޅު އަންނަ މީހުންނެވެ. އެއްބަޔަކު އަނެއްބަޔަކު ބޭނުންވާނެއެވެ.

  2. ނުވާނެއޭ

    ގާސިމަށް ތިޔާ ކަން ނުވާނެއޭ މިހާރު ދެން ޖޭޕީން ކިއެއްކުރަން ބާއްވާ ޕްރައިމަރީ އެއްތޭ އެމެރިކާ ހަދާ ގޮތަށް ރައްޔިތުންނަށް އޮޅުވާލާ މަކަރާއި ހީލަތުން އިރާގުގައި ފަނާ ކުރަނިވި ހަތިޔާރު ހުއްޓޭ ކިޔައިގެން އެމެން ބޮޑު ވަގަކު އިރާގަށް ފޮނުވައިގެން ރޯ ބުހުތާނު ދޮގު ހިމެނޭ ފޮޓޯ ތަކެއް ދައްކައިގެން އިރާގު ތަޅާ ސުންނާފަތި ކޮށްލި އިރު ވެސް ފަނާކުރަނިވި ހަތިޔާރު ނުފެނެއޭ ހަމަ އެގޮތޭ ދެން ޖޭޕީން ޕްރައިމަރީ އެއް ބޭއްވުމަކީ ތިހާ ދެއުއިޅި ދިގު ކުރާނަމަ ގާސިމަށް ދެން ވެރިކަން ކުރެވޭނެ ކަމަށް މަމެން ނުދެކެމޭ ވަޅަށް ގެރި ވެއްޓުމުން ވަޅުން ގެރި ނުނަގާ ޝަރީއަތް ކޮށްގެން އައިސް ވަޅުން ގެރި ނަގަން ބެލިއިރު ގެރި ވަނީ މަރުވެފައޭ ހަމަ މިއާއި އެއްވެސް ތަފާތެއް ނެތޭ ގާސިމް ވެރިކަމަށް ކުރިމަތިލުމާއި މަމެން މިހާރު ފޫހިވެއްޖެއޭ ގާސިމް ދެކެ…

  3. އަންނަނީ

    ރައީސް އިބޫ ރިއެކްޓް ކުރުން އަދި ވެސް ތަންކޮޅެއް އަވަހޭ މާލެ އާއި ވިލިގިިލި އާއި ދެމެދު އަޅާ ބްރިޖް ވެސް އެޅިގެން ކަނޑުން ތިލަވެގެން އަންނަނީ އަންނަނީ އަންނަނީ އަންނަނީ ތިލަފުށި ވެސް ހިއްކިގެން އުތުރި އަރައިގެން އަންނަނީ އަންނަނީ އަންނަނީ އަންނަނީ ގިރާވަރު ފަޅު ވެސް ހިއްކިގެން އުތުރި އަރައިގެން އަންނަނީ އަންނަނީ އަންނަނީ އަންނަނީ ފުށި ދިއްގަރު ފަޅު ވެސް ހިއްކިގެން އުތުރި އަރައިގެން އަންނަނީ އަންނަނީ އަންނަނީ އަންނަނީ ހުޅުމާލޭން ގޯތި ދިނުންވެސް އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ