ޚަބަރު

އައްޑޫގައި ހުމާއި އިންފްލުއެންޒާ ފެތުރޭތީ ސަމާލުވާން އެދިއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

އައްޑޫގައި މި ދުވަސްވަރު ހުމާއި އަރިދަފުސް ރޯގާ އާއި އިންފުލުއެންޒާ އިތުރުވަމުންދާތީ އާންމުންނަށް އެކަމަށް ސަމާލުވާން އައްޑީ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން އިލްތިމާސްކޮށްފިއެވެ.

Ads by Hajj Corporation

އެ ހޮސްޕިޓަލުން ވިދާޅުވީ މި ބަލިތަކުން ރައްކާތެރިވުމަށް ރޯގާ ޖެހިއްޖެ ނަމަ ކެއްސައި ކިނބިހި އަޅާ އިރު، އަނގަމަތީގައި ކުޑަ ރުމާލެއް ނުވަތަ ޓިޝޫއެއް ފަދަ އެެއްޗެއް އެޅުމަށާއި އާންމު ސާފު ތާހިރު ކަމަށް، ހާއްސަކޮށް ސައިބޯނި ލައިގެން އަތް ދޮވުމަށް އަންގާފައެވެ.

އަދި ރޯގާ ޖެހިއްޖެ ނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން، ހާއްސަކޮށް އެފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިޔުމާއި ރޯގާ ޖެހިފައިވާ ނަމަ ކުޑަކުދިންނާ ދުރުހެލިވެ އުޅުން، ދުންފަތުގެ ދުމުން ކުޑަކުދިން ރައްކާތެރި ކުރުމަށް ގޭ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރުމަށް އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން ބަލި ޖެހުމުން ނުރައްކާވުމުގެ ފުރުސަތު ބޮޑު މީހުން އިންފުއެންޒާ އިން ރައްކާތެރިވުމަށް ވެކްސިން ޖެހުން އަދި އެފަދަ މީހުން ރޯގާ ޖެހި ހުންނަ އަންނަ ނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމާއި މާސްކް އެޅުމަށްވެސް އެ ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!