ޚަބަރު ސިޔާސީ

ޝަރީފް ނަޝީދަށް: މަގާމުގެ މަސްއޫލިއްޔަތު އަދާނުކޮށް ޖެއްސުން ކުރަންޏާ މަގާމުން ވަކި ކުރެވޭނެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން
މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް

މަގާމުގެ މަސްއޫލިއްޔަތު އަދާނުކޮށް ސަރުކާރަށް ޖެއްސުން ކުރަންޏާ މަގާމުން ވަކި ކުރެވޭނެކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) ރައީސް ނަޝީދަށް ރައްދު ދެއްވައިފިއެވެ.

Ads by MWSC

ޝަރީފު މިހެން ވިދާޅުވީ ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ ބޭފުޅުން އިސްތިއުފާ ދެއްވަން ޖެހިވަޑައިނުގަންނަވާނެ ކަމަށާއި، ރައީސްއަށް އެ މެމްބަރުން މަޤާމުން ވަކިވެސް ނުކުރެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާ ވިދާޅުވުމަށް ރައްދުދެއްވައެވެ.

"މަގާމުގެ މަސްއޫލިއްޔަތު އަދާނުކޮށް ސަރުކާރަށް ޖެއްސުން ކުރާކަމަށްވަންޏާ އެމްޑީޕީ މެމްބަރެއްގެ ގޮތުގައި ހުއްޓަސް އަދި އެހެން ޕާޓީއެއްގެ މެމްބަރަކަސް މަގާމުން ދުރުކުރަން ޖެހޭނެ. ދުރުކުރެވޭނެ މުހައްމަދު ނަޝީދު މަގާމުން ދުރުނުކުރެވޭނެއޭ ވިދާޅުވިއަސް" ޝަރީފު ވިދާޅުވިއެވެ.

ސަރުކާރު ހިނގާ މައިޕާޓީގެ އެތެރޭގެ ހަމަނުޖެހުންތައް ބޮޑުވެ ދެފަރާތުން ބަހުގެ ހަމަލާތައް ރައްދު ކުރަމުންދަނިކޮށް ސަރުކާރު ހިނގާ ކޯލިޝަނުގެ މުހިންމު ޕާޓީ އެއް ކަމުގައިވާ ޖުމްހޫރީ ޕާޓީއިން ވަނީ އަންނަ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރެއްވުމަށް ނިންމާފައެވެ. މިއާއެކު ރައީސް ނަޝީދު ވަނީ މި ނިންމުމަށް މަރުހަބާ ކިޔާފައިކަން ފާހަގަކޮށްލެވެއެވެ.

Ads by Ooredoo
  1. ބަނޑުއަޅާލައިފިއޭ

    މަވޯޓާ ޝަރީފް މީ އައްޑޫން މާލެ އަށް އަރާ ހުރި ބޮޑު ވަގެކޭ މީނާގެ ވިޔަފާރީގެ ފެށުމަކީ ވެސް މީހެއްގެ މުދާ ގަނޑެއް ފޭރިގެން ވައްކަން ކޮށްގެން ގާއިމް ކުރި ވިޔަފާރިއެކޭ މަވޯޓާ މިހާރު މާވެޔޮ މަގުން ބޮޑު ދެގޯތި ގަނެފިއޭ މީއޭނާ ކޮން ތާކުން އުފުރައިގެން ހޯދާ ފައިސާ އަކުންތޭ ކޮންމެ ގޯއްޗެއް 50 މިލިއަން ރުފިޔާ ދީފައި ގަތީ މީ ބޮޑެތި ވަގުންނޭ ސަރުކާރުގެ ޚަޒާނާގައި ހުރި ފައިސާ ތައް ދަވާލަނީއޭ މުޅި މާލޭގެ މަގުތައް ހީވަނީ ބަރަވެލި ކަނޑަށް ރޯނު ނަކަތުގައި ރާޅު އަރާފައި އޮންނަ ހެންނޭ އެކަމަކު އެކަން ހިންނަވަރޭ ދަ މަސްކައްކާ އަކަށް ނުފެނެއޭ ރާއްޖެތެރޭ ބަނޑުއަކިރިން ތަކެއް ރައީސް އޮފީސް ތެރެއަށް ބޯ ގަޅާލައިގެން ތިބެ މުޅި ގައުމުގެ ޚަޒާނާ ނޮޅާލާ ބަނޑުއަޅާލައިފިއޭ ބަނޑުއަޅާލައިފިއޭ ބަނޑުއަޅާލައިފިއޭ ބަނޑުއަޅާލައިފިއޭ ބަނޑުއަޅާލައިފިއޭ ބަނޑުއަޅާލައިފިއޭ ބަނޑުއަޅާލައިފިއޭ ބަނޑުއަޅާލައިފިއޭ ބަނޑުއަޅާލައިފިއޭ ބަނޑުއަޅާލައިފިއޭ ބަނޑުއަޅާލައިފިއޭ ބަނޑުއަޅާލައިފިއޭ ބަނޑުއަޅާލައިފިއޭ ބަނޑުއަޅާލައިފިއޭ ބަނޑުއަޅާލައިފިއޭ ބަނޑުއަޅާލައިފިއޭ ބަނޑުއަޅާލައިފިއޭ ބަނޑުއަޅާލައިފިއޭ ބަނޑުއަޅާލައިފިއޭ ބަނޑުއަޅާލައިފިއޭ ބަނޑުއަޅާލައިފިއޭ ބަނޑުއަޅާލައިފިއޭ ބަނޑުއަޅާލައިފިއޭ ބަނޑުއަޅާލައިފިއޭ ބަނޑުއަޅާލައިފިއޭ ބަނޑުއަޅާލައިފިއޭ ބަނޑުއަޅާލައިފިއޭ ބަނޑުއަޅާލައިފިއޭ ބަނޑުއަޅާލައިފިއޭ ބަނޑުއަޅާލައިފިއޭ ބަނޑުއަޅާލައިފިއޭ ބަނޑުއަޅާލައިފިއޭ ބަނޑުއަޅާލައިފިއޭ ބަނޑުއަޅާލައިފިއޭ ބަނޑުއަޅާލައިފިއޭ