އެޑްވަޓޯރިއަލް ވިޔަފާރި

އުރީދޫއިން ކޮންމެ ހުކުރު ދުވަހަކު އާއްމުންނަށް ރޯދަ ވީއްލުމެއް ދެނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

އުރީދޫ މޯލްޑިވްސް އިން މި ރޯދަމަހު ކޮންމެ ހުކުރު ދުވަހަކު އާއްމުންނަށް ރޯދަ ވީއްލުމެއް ދޭން ނިންމައިފިއެވެ.

Ads by STELCO

އުރީދޫއިން މި ރޯދަމަހު ފެށި 'ކޮމިއުނިޓީ އިފްތާރު' ޕްރޮގްރާމްގެ ދަށުން ހުކުރު ދުވަހު ވަނީ މާލޭގައި ބޮޑު ރޯދަވީއްލުމެއް ބާއްވާފައެވެ. އެ ރޯދަވީއްލުމުގައި 200 އަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ރޯދަވީއްލުން އޮތީ ސަލްމާން މިސްކިތުގެ ގޯތިތެރޭގައެވެ. ގިނަ އަދަދެއްގެ ބަޔަކަށް އެއްފަހަރާ ބައިވެރިވެވޭ ގޮތަށް ބޭއްވި މި ރޯދަވީލުމަށް ކާބޯތަކެތި ފޯރުކޮށްދެނީ ލެސޫ ރެސްޓޯރެންޓުންނެވެ.

އުރީދޫއިން އާންމުމަށް ދޭ މި ރޯދަވީއްލުންތައް ކުރިޔަށް ގެންދާނީ އިސްލާމިކް މިނިސްޓްރީ އާއި ގުޅިގެންނެވެ. ރޯދަ ވީއްލުމުގެ އިތުރުން އުރީދޫއިން ވަނީ މި ރޯދަމަހު 'މިޝަން ފޯ މައިގްރެންޓް ވޯކާސް' ގެ ނަމުގައި އެމްފައިސާ މެދުވެރިކޮށް މާލެ ސަރަހައްދުގައި ދިރިއުޅޭ ބިދޭސީންނަށް މީލްޕެކް ހަދިޔާކުރުމުގެ ޕްރޮގްރާމެއްވެސް ފަށާފައެވެ.

އުރީދޫއިން ބުނީ ރޯދަމަހަކީ އެކަކު އަނެކަކަށް އެހީތެރިވެ، މުޖުތަމައަށް ވީ ވަރަކުން އެހީތެރިވެ، ސޮދަގާތް ކުރުން ފަދަ އަޅުކަންތައްތައް އިތުރު ކުރަން ޖެހޭ މަހަކަށް ވާއިރު، އެއީ އެ ފަދަ ކަންތައްތައް ކުރުމުގައި މިސާލު ދައްކައި، އެ ފަދަ ކަންތައްތައް ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!