އެޗް.ޕީ.އޭގެ ގައިޑްލައިންތަކާ ޚިލާފުވި އަންހެނަކު ސ.ފޭދޫ އިން ހައްޔަރު ކޮށްފި

އެޗް.ޕީ.އޭގެ ގައިޑްލައިން ތަކާ ޚިލާފުވުމާ ގުޅިގެން 35 އަހަރުގެ ދިވެހި އަންހެނަކު ސ.ފޭދޫ އިން ހައްޔަރު ކޮށްފިއެވެ. މި އަންހެން މީހާ ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމުގައި މައުލޫމާތު ލިބެއެވެ.
މި މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ހޯމް މިނިސްޓްރީ އިން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ.
ކޮވިޑް-19ގެ ކޭސްއެއް ވަނީ އައްޑޫ ސިޓީ ފޭދޫ އިންވެސް ފެނިފަައެވެ. އަދި އެ ރަށް މިހާރު އޮތީ މޮނިޓަރިންގ ގެ ހާލަތުގައެވެ.