ޚަބަރު

ސަރުކާރު ކުންފުނިތަކުގެ ވެރިންނަށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމެއް ނެތް: މަލީހް

ރައުފާ ރަޝީދު ، ދެން އޮންލައިން

ސަރުކާރު ކުންފުނިތަކުގެ ވެރިންނަށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމެއް ނެތް ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުޙައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Ads by STELCO

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ކަމުންނާއި އަދާކުރަމުން ދިޔަ މަޤާމުތަކުން ހުސެއިން އަމްރު ވަކިކުރުމާއި ގުޅިގެން މަލީހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރު ކުންފުނިތަކުގެ ވެރިންނަށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމެއް ނެތް ކަމަށާއި ދައުލަތުގެ މީޑިއާ ސަރުކާރުން ހިސޯރުކޮށްފައިވާ ކަމަށެވެ.

“ދެންވެސް ކިޔަންވީ ހަމަ ޑިމޮކްރަސީއޭ؟ ރައީސް އިބޫ ވެރިކަމުން ބޭލުން މަޖުބޫރުވެއްޖެ. ޤާނޫނު އަސާސީ އެކަމުގައި ސާފު” މަލީހް ވިދާޅުވިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އަށް އަމްރު ވަކި ކުރަން ހުށަހަޅާފައިވަނީ ރައީސް އޮފީހުން މިއަދުއެވެ. އޭނާ ވަކިކުރަން ޕީސީބީއިން ވެސް ވަނީ ނިންމާފައެވެ. އެސްޓީއޯއާ އަމްރު ހަވާލުވީ ނޮވެމްބަރު 18، 2018ގައެވެ.

Ads by HDC
  1. ދިވެހި ރައްޔިތުން

    މަލީހު މޮޔަވީތަ. ކޮންވެރިޔަކު އޭނާޔާއި ދެކޮޅަށް މަސައްކަތްކުރާ މީހަކަށް ސިޔާސީ ވަޒީފާދީގެން އުޅޭނީ މާލަސްވެސް ެވެއްޖެ ެެެެ