"ފިޔަވަޅު އަޅަން ޖެހުނީމައި އަޅާނެ. އެންމެ ފުރަތަމަ ގައުމު" ސްލޯގަން އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ފޮޓޯއާއެކު އާއްމުކޮށްފައިވާ ޕޯސްޓަރއާއި މެދު ޕީޕީއެމްގެ ސްޕޯކްސްޕާރސަން ހީނާ ވަލީދު ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.
މި ޕޯސްޓަރާއެކު ހީނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެންމެ ފުރަތަމަ ގައުމު އެއީ ޕީޕީއެމްގެ އަސާސީ ގަވައިދުގައި ވެސް ބަޔާންވެފައިވާ ރަސްމީ ޝިއާރުކަން ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް ނޭނގުމަކީ ދެރަކަމެއްކަމަށެވެ.
"އެންމެ ފުރަތަމަ ގައުމު އެއީ ޕީޕީއެމްގެ އަސާސީގަވައިދުގައިވެސް ބަޔާންވެފައިވާ ރަސްމީ ޝިއާރުކަން އިބްރާހީމަށް ނޭނގުމަކީ ދެރަކަމެއް. ޝިޢާރުންވެސް ވައްކަން. ޕީޕީއެމްގެ ޕްރޮޖެކްޓްތަކުގެ ކްރެޑިޓް ނަގާފަ އެންމެފަހުން އަސާސީ ގަވައިދުންވެސް ވައްކަން؟" ހީނާ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
ހީނާ ހިތްހަމަނުޖެހުން ފާޅުކޮށްފައިވާ ޕޯސްޓަރަކީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހުސައިން އަމްރު އެމަގާމުން ވަކިކުރުމާއި ގުޅިގެން ސަރުކާރަށް ތާއިދުކުރައްވާ ފަރާތްތަކުން ދައުރުކުރަމުން އަންނަ ޕޯސްޓަރެއްކަން ފާހަގަކޮށްލެވެއެވެ.
ޕޭޓެންޓް ގަނެފަތަ އޮތީ؟
އެއްމެފުރަތަމަ މައުމޫން އެކުރިކަމަކާ މާލެ ވިލިގިލިން އެދިންގޯތި މިޝިއާރު ފާޅުކޮއްލާ