ޚަބަރު ސިޔާސީ

ރޮޒައިނާގެ ނަޒުގައި ރައީސް ޞާލިޙަށް އެއްބުރުން އިންތިޚާބު ކާމިޔާބު ކުރެއްވޭނެ ސަބަބު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރާއްޖޭގެ ތާރީޚުގައިވެސް، އަތޮޅުތެރޭގައި ތަރައްޤީގެ އެންމެ ގިނަ މަޝްރޫޢުތައް ހިންގީ މި ސަރުކާރުން ކަމަށާއި، މި ސަބަބާހުރެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވެރިކަމުގެ ދެވަނަ ދައުރެއް ލިބޭނެކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

Ads by STELCO

ޓީވީއެމްއިން ގެނެސްދިން "ހޭޝްޓެގް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ، މި އަހަރުގެ ރިޔާސީ އިންތިޚާބު، ރައީސް ޞާލިޙަށް އެއްބުރުން ކާމިޔާބު ކުރެވޭނެ ކަމަށާއި، ރަށްރަށަށް ކުރި ދަތުރުތަކުންވެސް، މި ވެރިކަމުގައި ރަށްރަށަށް ގެނެސްފައިވާ ތަރައްޤީ ފެނިފައިވާ ކަމަށެވެ.

"ރަށްރަށުގައި ތިބި ރައްޔިތުން، އެކަން ވަރަށް ބަލައިގަންނަތަން. އެހެންވީމަ، ވަރަށް ބޮޑު އުއްމީދެއް އެބައޮތް."

"ހޭޝްޓެގް" ޕްރޮގްރާމްގައި، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީީސް ޞާލިޙަށް ތާއީދު ކުރެއްވީ ކީއްވެގެންތޯ ޕްރެޒެންޓަރު ސުވާލު ކުރުމުން، ރޮޒައިނާ ވިދާޅުވީ، ރައީސް ޞާލިޙަކީ، ރައީީސް މުޙައްމަދު ނަޝީދަށްވުރެ، ރަނގަޅު ލީޑަރެއް ކަމަށެވެ.

ރޮޒައިނާ އަކީ ރައީސް ޞާލިޙުގެ ފެކްޝަނުގައި އެންމެ އިސްކޮށް މަސައްކަތް ކުރައްވާ ކަނބަލެވެ. މަޖިލީހުގައިވެސް، ރައީސް ޞާލިޙުގެ ސިޔާސަތުތައް ދިފާޢު ކުރައްވައި، ރައީސް ނަޝީދުގެ ފެކްޝަނުގެ މެމްބަރުންނަށް ވަރަށް ބޮޑަށް އޭނާ ފާޑުވިދާޅުވެއެވެ.

 

  1. ރައްޔިތުމީހާ

    ރޮޒޭނާ ބަލަން ބޭނުންނުވެގެން ނުބެލީމަކާ ނުފެންނާނެދޯ ކުރީގެ ސަރުކާރުން ކޮށްފައިވާ ތަރައްޤީތަކެއް އެހެންވީމާ ތިކަހަލަ މީހުންނަށް ކިޔާއުޅޭ މަޒާޖީ ނަމެއްވެސް އޮވޭ އެކަމަކު މަށެއްނެތިން އަދި މިފަހަރު އެނަމަކުން މުހާތަބުކުރާކަށް އެކަމަކު ތިޔައީ ހަމަ އެވައްތަރު މީހެއްކަން މިހާރު އެބައެނގޭ

  2. މުގާބޭ

    ރޮޒޭއަކީ ބޯވައެއް ތިބޯވަ ވަކިހިއްޕާނެ ކޮންމެތާކުވެސް ވެރިކަން ދިފާއުކުރަނީ ރަތްޔެތުންގެޓެކުސް ލާރިން ބޮނޑިވަރެއް ފިރިސޮރު ދަމާގަނެފައޮތީމާ