ޓެކްސް ބޮޑުކުރުމުގެ ހެޔޮ ނަތީޖާ ފެންނަމުން އެބަދޭ: ޝަރީފް
ޓީޖީއެސްޓީ ބޮޑުކުރުމުގެ ހެޔޮ ނަތީޖާ ފެންނަމުންދާ ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓީޖީއެސްޓީ ދެ ޕަސެންޓް އިތުރު ކުރުމުގެ ހެޔޮ ނަތީޖާ ދައުލަތުގެ އާމްދަނީން ފެންނަމުންދާ ކަމަށެވެ. އަދި އޭގެ މަންފާ ރައްޔިތުންނަށް ދެވޭ ހިދުމަތްތަކުން ފެނިގެންދާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ ދަށުން، 1 ޖެނުއަރީ 2023 އިން ފެށިގެން ޓީ.ޖީ.އެސް.ޓީ ރޭޓް %16 އަށް އަދި ޖީ.އެސް.ޓީ ރޭޓް %8 އަށް ވަނީ ބަދަލުވެފައެވެ.
ޖީ.އެސް.ޓީއާއި ޓީ.ޖިއެސްޓީއަށް ރޭޓަށް ބަދަލު ގެނައުމަށް ސަރުކާރުން ނިންމެވީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށެވެ.
Ads by Allied Insurance