ޚަބަރު ސިޔާސީ

އެމްޑީޕީ ފުނޑައިލަން މަސައްކަތް ކުރަނީ، ޕީޕީއެމާ ވެސް ގުޅިގެން: މަވޯޓާ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އެމްޑީޕީ ފުނޑައިލަން، އިދިކޮޅު މައި ޕާޓީ  ޕީޕީއެމްގެ އެއްބާރުލުން ހޯދަމުން ގެންދަވާ ކަމަށް ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު ތުހުމަތު ކުރައްވައިފިއެވެ.

Ads by STELCO

ޝަރީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް މުޙައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނުން މަސައްކަތް ކުރަމުންދަނީ، އެމްޑީޕީ ފުނޑައިލުމަށް ކަމަށާއި، އެ ފެކްޝަނުގެ ބައިވެރިން ނިކުމެ ތިބީ ކޮންމެ ގޮތެއް ހަދާފައިވެސް އެމްޑީޕީއަށް ވެރިކަން ގެއްލުވައިލުމުގެ ބޭނުމުގައި ކަމަށެވެ.

ފިކުރެއްގެ ދިރުން އަށް ތާއިދުކުރާ ފަރާތްތަކުން ދައްކަމުން ދަނީ ހަމަޖެހޭ ވާހަކަތަކެއް ނޫންކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އެކަމުން ލިބޭނެ މޮޅެއް ވެސް ނެތް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، ރައީސް ނަޝީދު މަސައްކަތް ކުރައްވަނީ ޖޭޕީ އާއި ގުޅިގެން އެކަނި ނޫން ކަމަށާއި އެކަމަށް ޕީޕީއެމްގެ އެއްބާރުލުން ވެސް ފުރިހަމައަށް ހޯއްދަވަމުން ގެންދަވާ ކަމަށެވެ.

ޝަރީފް މިހެން ވިދާޅުވެފައި ވާއިރު ފިކުރެއްގެ ދިރުން ފެކްޝަން އިން ވަނީ ރިޔާސީ އިންތިޚާބުގައި ޖޭޕީއަށް ތާއިދުކުރުމަށް ނިންމައި، މެނިފެސްޓޯ އެކުލަވައިލުމުގެ މަސައްކަތް ވެސް ފަށައިފައެވެ.

ރައީސް ނަޝީދަށް ތާއީދު ކުރާ ބައެއް ބޭފުޅުން މަޤާމުތަކުންވެސް ވަކި ކުރައްވަމުން އަންނައިރު، އެމްޑީޕީގެ ދެ ފެކްޝަނުގެ ކޯޅުން ވަނީ ބޮޑުވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!