Sunday, 1 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އިތުރު ފަރުވާއަށް ރައީސް ނަޝީދު ޖަރުމަނަށް

އިތުރު ފަރުވާއަށް ރައީސް ނަޝީދު ޖަރުމަނަށް

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މި މަހުގެ 6 ވަނަ ދުވަހު ދިން ބޮމުގެ ހަމަލައިގައި ލިބިވަޑައިގެންނެވި އަނިޔާތަކަށް ފަރުވާ ހޯދުމަށް ޓަކައި، މާދަމާ ރައީސް ނަޝީދު ޖަރުމަނަށް ގެންދާ ގޮތަށް އާއިލާއިން ހަމަޖައްސައިފިއެވެ.

ރައީސް ނަޝީދަށް މިހާތަނަށް ފަރުވާ ދީފައި ވަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ. އެގޮތުން 16 ގަޑިއިރު ތެރޭ އެމަނިކުފާނުގެ ހަތަރު އޮޕަރޭޝަނެއް ކުރަން ޖެހުނު ކަމަށް އޭޑީކޭއިން ހޮސްޕިޓަލުން ބުނެފައިވެއެވެ. އަދި ރައީސް ނަޝީދުގެ ހަށިކޮޅަށް 10 ރޭޒަ ފުއް ވަދެފައިވާ ކަމަށާއި ހަށިކޮޅުގެ މުހިންމު ގުނަވަންތައް ފޫއަޅުވާލި ކަމަށް ވެސް އޭޑީކޭއިން ބުނެފައިވެއެވެ.

އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން ރައީސް ނަޝީދުގެ އާއިލާއިން ވިދާޅުވީ އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށެވެ. އިތުރަށް ވިދާޅުވީ އޭޑީކޭގެ ޑޮކްޓަރުންގެ ލަފާއާއެކު ރައީސް ނަޝީދު ޖަރުމަނަށް ގެންދަން މާދަމާ ހަމަޖެހިފައިވާ ކަމަށާއި ގެންދަވަނީ މާދަމާ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.

Advertisement
Allied Insurance — Square (box)

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ތިން މީހަކު ވަނީ ހައްޔަރުކޮށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހައިފައެވެ. މި ހަމަލާ އަމާޒުވި ސީދާ ސަބަބެއް އަދި ނޭނގުނަސް ބޮޑަށް ގުޅެނީ ހަރުކަށި ފިކުރާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް