މިއަދު ކޮވިޑަށް ފައްސިވީ 78 މީހުން، އޭގެ ތެރޭގައި 46 ދިވެހިން
މިއަދު އިތުރު 78 މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ މިއަދު ފައްސިވި 78 މީހުންގެ ތެރޭގައި ހިމެނެނީ 46 ދިވެހިންނާއި، ބަންގްލަދޭޝްގެ 25 މީހަކާއި، އިންޑިއާގެ ހަތަރު މީހެއްގެ އިތުރުން ނޭޕާލްގެ މީހަކާއި ސްރީލަންކާގެ ދެ މީހެއް ކަމަށެވެ.
މިއަދު ފައްސިވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 5،572 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން އަންނަނީ 2540 މީހުންނަށެވެ.
އަދި މި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 3010 އަށް އަރާފައެވެ. މި ބަލީގައި ރާއްޖެއިން ވަނީ 22 މީހަކު މިހާތަނަށް މަރުވެފައެވެ.
ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް 22 މީހަކު ވަނީ ނިޔާވެފައެވެ.
Ads by Allied Insurance