ރެސިޕީ

ދެން ރެސިޕީ | ޗޮކްލެޓް ބްރެޑް

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޭނުންވާތަކެތި:

3 ޖޯޑު ފުށް

Ads by WAMCO

2/1 ޖޯޑު ހަކުރު

2/1 ޖޯޑު ހޫނު ފެން

2/1 2 ޖޯޑު + 2 މޭޒުމަތީ ސަމުސާ ފުލްކުރީމް މިލްކް

4/2 ބަޓާރ ( މެލްޓް ކޮށްފައި )

2 މޭޒުމަތީ ސަމުސާ އީސްޓް

1 މޭޒުމަތީ ސަމުސާ ލޮނު

1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް

1 ޗޮކްލެޓް ޕްލޭން

1 ބިސް

ކޮކޯ ޕައުޑަރ

ތައްޔާރުކުރާނެ ގޮތް:

ބޮޑު ބޯތައްޓަކަށް ހޫނުފެން އަޅާ އޭގެ ތެރެއަށް އީސްޓް އަދި 1 މޭޒުމަތީ ސަމުސާ ހަކުރު އަޅާފައި މަތީގައި ފޯމް ހެދެންދެންބަހައްޓާލާށެވެ. ގާތްގަނޑަކަށް 5 ވަރަކަށް މިނެޓް ވާންދެނެވެ. 

އެހެން ތައްޓެއްގައި ފުށް، ކޮކޯ ޕައުޑަރު، މިލްކް، ވެނީލާ އެސެންސް،ބަޓާރ، ލޮނު އަދި ބާކީ ހުރި ހަކުރު ކޮޅު އެއްކޮށްލާށެވެ. އަދި ގިރުވިއީސްޓް ކޮޅު މަދު މަދުން އެއްކޮށްލާށެވެ. އެއަށް ފަހު އެހެންތައްޓެއްގެ ތެރޭގައި ކުޑަ ތެޔޮކޮޅެއް ހާކާލުމަށް ފަހު އެ ތައްޓަށްފުއްގަނޑު ލާށެވެ. ސާފު ފޮތިކޮޅަކުން ނުވަތަ ޕުލާސްޓިކް ވުރެޕްއިންމަތި ބަންދުކޮށްލުމަށް ފަހު 1 ނުވަތަ 2 ގަޑިއިރު ވަންދެންބަހައްޓާލާށެވެ.

ފުއްގަނޑު ނަގައި ޓްރޭގައި ޕާން ހުންނަހެން ފަތުރާލާށެވެ. އަދިމަތީގައި ބިސްކޮޅު އުނގުޅާލުމަށް ފަހު އަވަނަށްލާ 35 ނުވަތަ 40 މިނެޓް ފިހެލާށެވެ. އަވަނުން ނަގައި ހިހޫ ވުމުން ޗޮކްލެޓް މެލްޓްކޮށްފައި މައްޗަށް ފަތުރާލާށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!