އުރީދޫ ބޮކިބޯޅަ މުބާރާތް ފަށައިފި
އުރީދޫ ބޮކި ބޯޅަ މުބާރާތް އިއްޔެ ފަށައިފިއެވެ.
އުރީދޫ ބޮކި ބޯޅަ މުބާރާތް ފަށްޓަވައިދެއްވީ، އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ އެވެ.
އުރީދޫ ބޮކި ބޯޅަ - ބަމްޕަރބޯލް ފުޓުބޯޅަ މުބާރާތުގައި ރާއްޖޭގެ މޮޅު ބައެއް ކޯޕަރޭޓް ޓީމުތައް ވާދަކުރާއިރު، އެއް ވަނައަށް ދާ ޓީމަށް ލިބެނީ 20،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.
މި މުބާރާތް ފެށުނީ ކްރޮސްރޯޑްސް މޯލްޑިވްސް އިން ޓެކްކާސް އާއި ދެކޮޅަށް ކުޅުނު މެޗުން ބަމްޕާ ބޯލްސްގައި އެ ޓީމުތަކުގެ ހުނަރު ދައްކައި 2-0 ކްރޮސްރޯޑްސް މޯލްޑިވްސް އިން މެޗް ކާމިޔާބުކޮށްގެންނެވެ.
އިއްޔެގެ ދެވަނަ މެޗުގައި ބްރޮލާޒް (ރޭޖްފިޓްނަސް) އާއި ޓްރީ ޓޮޕް ހޮސްޕިޓަލް އީއާރުސީ ބައްދަލުކުރިއެވެ. ބްރޯލާޒް (ރޭޖްފިޓްނަސް) ވަނީ ފެށުނީއްސުރެ ނިމެންދެން މެޗުގައި މޮޅު ކުޅުމެއް ދައްކާ ފަސޭހަކަމާއެކު4-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފައެވެ. އިއްޔެގެ ފަހު މެޗުގައި ޝަވިޔަނި ޓީމާއިޓެކާސް ބައްދަލުކުރި ވާދަވެރި މެޗު ނިމުނީ 1-0 ޓެކްކާސް މޮޅުވެގެންނެވެ.
މުބާރާތުގެ ކޮންމެ މެޗެއް ވެސް 10 މިނެޓަށް ދެމިގެންދާއިރު، ތިންމިނެޓުގެ ބްރޭކަކާއެކު ދެ ހާފް ހިމެނޭނެ އެވެ. ގްރޫޕް ސްޓޭޖުގެ މެޗުތަކުގައި މޮޅުވެއްޖެނަމަތިން ޕޮއިންޓް އަދި އެއްވަރުވުމުން އެއް ޕޮއިންޓް ލިބޭނެ އެވެ. ނޮކްއައުޓް ސްޓޭޖުގައި ދެޓީމެއް އެއްވަރުވެއްޖެ ނަމަ ޕެނަލްޓީ ޝޫޓްއައުޓް އޮންނާނެ އެވެ.
މުބާރާތުން މޮޅުވާ ޓީމްތަކަށް ހާއްސަ އަގުހުރި އިނާމުތަކެއްވެސް ވަނީ އިންތިޒާމުކުރެވިފައެވެ. އެއްވަނަ އަށްދާ ޓީމަކަށް 20،000 ރުފިޔާ، ދެ ވަނަ އަށް ދާ ޓީމަށް 10،000 ރުފިޔާ އަދި ތިން ވަނައަށް ދާ ޓީމަށް އިނާމެއްގެ ގޮތުގައި 5،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
8 އޭޕްރިލް، ހޮނިހިރު ދުވަހުގެ ރޭގަނޑު 9 އެއް ޖަހާއިރު ގްރޫޕް ސްޓޭޖުގެބާކީ ހުރި މެޗުތަކަށް ފަހު ފައިނަލް މެޗުގައި ބައްދަލުކުރާނީ ކޮންމެ ގްރޫޕަކުން ވެސް އެއްވަނަ ހޯދާ ޓީމުތަކެވެ. އުރީދޫ ބޮކި ބޯޅަ މުބާރާތަކީ ދުނިޔޭގެ އެންމެ މަގުބޫލު ކުޅިވަރުކަމަށްވާ ފުޓުބޯޅައަށް ތަފާތު އަދި މަޖާ ބަދަލުތަކެއް ގެނެސްގެން ކުޅޭ ބަމްޕަރ ފުޓްބޯޅައެވެ.
ނަން ދިން ފަރާތްތަކުގެ ތެރެއިން ގުރުއަތު ނަގާާފަ އިނާމެއް ނުދޭތޯ