ޚަބަރު

ނިލަންދޫއިން ފައްސިވި މީހުންގެ އަދަދު 4 އަށް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން
ފ. ނިލަންދޫ - އަތޮޅުތެރެއިން އެންމެ ގިނަ މީހުން ފައްސިވެފައިވާ ރަށް

ފ. ނިލަންދޫ އިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު 4 އަށް އަރައިފިއެވެ.

Ads by MWSC

އެރަށުން މިހާތަނަށް 4 މީހުން ފައްސި ވެފައިވާއިރު، އެންމެ ފުރަތަމަ ދެ މީހުން ފައްސިވުމާއެކު އެ ރަށް މޮނިޓަރިން އަށް ލައި، ރަށަށް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ.

އެރަށުން އެންމެ ފުރަތަމަ ފައްސިވެފައިވަނީ ހޯމް ކަރަންޓީނުގައި ތިބި ދެ މީހުންނެވެ. މި މީހުން ފައްސިވެފައިވާ ކަން އެނގުނީ ކަރަންޓީނު ނިންމުމަށްފަހު ހެދި ކޮވިޑު ޓެސްޓުންނެވެ.

ބައްޔަށް ފަހުން ފައްސިވި ދެ މީހުންނަކީ ވެސް މާލެއިން ރަށަށް ގޮސް ހޯމް ކަރަންޓިންގައި ތިބި މީހުންނެވެ. އެއީ އުމުރުން 43 އަހަރު އަދި 30 އަހަރުގެ ދިވެހި ފިރިހެނުންނެވެ.

ނިލަންދޫން ފުރަތަމަ ޕޮސިޓިވް މީހުންނާއި ގުޅޭ ގޮތުން އެޗްޕީއޭ އިން ހާމަކުރި ގޮތުގައި ކަރަންޓީންގެ 14 ދުވަހުގެ މުއްދަތު ހަމަވެ، ޓެސްޓު ކުރި މީހުންގެ ތެރެއިން އިތުރު ދެމީހަކު އެ ރަށުން ފައްސިވެފައިވާ ކަމަށެވެ. އެއީ 36 އަހަރު އަދި 56 އަހަރު ދިވެހި އަންހެނެކެވެ.

ރާއްޖެއިން މިހާތަނަށް 5،500އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވި އިރު، 3،010 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!