ޚަބަރު

އަދާލަތު ޕާޓީން ރައީސް ޞާލިޙްގެ ކޯލިޝަންއާ ދުރުވާން އުޅޭ ކަމަށް ތުހުމަތު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، އިބްރާހީމް މުޙައްމަދު ޞާލިޙާ ކޯލިޝަން ހަދާފައިވާ، އަދާލަތު ޕާޓީން، ރައީސް ޞާލިޙްގެ ކޯލިޝަނާ ދުރުވާން އުޅޭ ކަމަށް ޕީއެންސީގެ ނައިބު ރައީސް، އިބްރާހީމް ޝުޖާއު ތުހުމަތު ކުރައްވައިފިއެވެ.

Ads by Sosun Fihaara

މިއަދު ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން މިވަގުތު ހުންނެވީ ސައުދީގައި ކަމަށާއި، ސައުދީއަށް ދަތުރުފުޅު ކުރެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ ބޮޑީ ގާޑަކާ އެކުގައި ކަމަށެވެ. އަދި މި ދަތުރުގެ މަޤްސަދަކީ ރައީސް ޞާލިޙްގެ ކޯލިޝަނުން ދުރަށް ގޮސް ފިކުރު ބަދަލު ކުރުން ކަމަށް ޝުޖާއު ތުހުމަތު ކުރެއްވިއެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ، މިދިޔަ އަހަރު އޮތް ކޮމަންޑޫ ދާއިރާ ބައި އިލެކްޝަނަށް މުޅި ކޯލިޝަންގެ ހުރިހާ ލީޑަރުން އެ ރަށަށް ދިޔަ ކަމަށާއި، ނަމަވެސް މިއަދު އެ މަންޒަރު ފެންނަމުން ނުދާ ކަމަށެވެ. މި އިންތިޚާބުގައި އިމްރާން އެރަށަށް ވަޑައިނުގަންނަވަނީ، މާފުއްޓަކީ ޖަލުހުންނަ ރަށް ކަމަށްވެފައި، ޖަލު އޮފިސަރުންގެ ހައްޤުތައް ޝެއިޚް އިމްރާން ހިފަހައްޓާފައިވާތީ ކަމަށެވެ.

އަދާލަތު ޕާޓީން މީގެ ކުރިން ހުރިހާ އިންތިޚާބެއްގައި ވެސް ކޯލިޝަނަކަށް ގޮސްފައިވަނީ ޖޭޕީއާއެކުގައެވެ. ނަމަވެސް މި އިންތިޚާބުގައި ރައީސް ޞާލިހާއެކު ކޯލިޝަން ހައްދަވާނެކަން ފުރަތަމަ ހާމަކޮށްފައިވަނީ އަދާލަތު ޕާޓީންނެވެ.

 

  1. ތަކުރު

    ފޮނިއެއްޗެހި މާގިނަވީ ކަމައްވެދާނެ

  2. ބޭބެ

    ތިޔަސުޖާއު ތިޔައީސިކުނޑި ގޮވާފަހުރި ބޯބުރާންޗެއް! މިހާރުވެސް ތިޔަދުވަނީ މެމްބަރުކަމުގަ ހުއްޓަ ބޮޑުރޯނު އޮޅާފަ ފާރުމަތިން އެއްލާލި މިނިކާ ވަށްތަރުޑުރެކިއުލާގެ ހިމާޔަތުގަ ނޫންތަ؟
    ވީއިރު ކޮން ތެދެއްހެދޭނީ!