ވިޔަފާރި

އަމްރުގެ ހަމަލާއެއް ފެނަކައަށް: ކުންފުނީގެ ހުރިހާ އެސެޓެއް ވިއްކިޔަސް ކުންފުނީގެ ދަރަނި ނުދެއްކޭ ވަރަށް ވަނީ ދަރާފައި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ލާމު ގަމުގައި ހުންނަ ފެކަނަ ކޯޕަރޭޝަންގެ އިންޖީންގެއިން ޑީސަލް ހުސްވެގެން އެރަށުން ކަރަންޓް ކެނޑުނު މައްސަލައިގައި އެސްޓީއޯގެ ކުރީގެ އެމްޑީ، ހުސެއިން އަމްރުގެ ފާޑު ކިޔުން ފެނަކައަށް އަމާޒުވެއްޖެއެވެ.

Ads by STELCO

އިއްޔެ މެންދުރުން މުޅި ގަމުން ވަނީ ކަރަންޓް ކަނޑައިގެން ގޮސްފައެވެ. ދާދިފަހުން އެއް ގްރިޑަކަށް ކަރަންޓް ބަދަލުކުރި ގަމުގެ ކަރަންޓް ކެނޑިފައިވަނީ އިންޖީނަށް ބޭނުންވާ ޑީސަލް ނުލިބިގެން ކަމަށް މައުލޫމާތު ލިބެއެވެ.

މިކަމަށް އިޝާރާތް ކުރައްވާ އަމްރު ވިދާޅުވީ، މިގޮތަށް ޑީސަލް ހުސްވެގެން ރާއްޖޭގެ ރަށަކުން މީގެ ކުރިން ކަރަންޓް ކެނޑިފައިނުވާ ކަމަށެވެ.

"މީ ރާއްޖޭގަ މީގެ ކުރިން ވީ ކަމެއް ނޫން. ފެނަކައިގެ ހިންގުން ދޯދިޔާވެ ވަނީ ބޮއްސުންލާފަ. ފެނަކައިގެ ހުރިހާ އެސެޓެއް ވިއްކިޔަސް ދަރަނި ނުދެއްކޭވަރަށް ވަނީ ދަރާފަ." އަމްރު ވިދާޅުވީ އެކަން ހައްލު ކުރަން އެއްވެސް މަސައްކަތެއް އެއްވެސް މުއައްސަސާއަކުން ކޮށްފައިނުވާ ކަމަށެވެ.

ފެނަކައިން ޑީސަލް ނެތިގެން ރަށެއްގެ ކަރަންޓް ކެނޑިފައިވާއިރު، ފެނަކައިން އެސްޓީއޯއަށް 1.8 ބިލިޔަން ރުފިޔާ ދައްކަން ޖެހޭކަން ދާދިފަހުން މީޑިއާއަށް ވަނީ ތިލަވެފައެވެ.

  1. ޞައްދާމު

    ރަށްރަށުގެ ސައިހޮޓާ ތަކަށް ވެސް ދަރާފަ.