ޚަބަރު

އިންޑިއާ އަކީ ޑިމޮކްރަސީގެ އުންމީދު: ރައީސް

ޢާއިޝަތު ނުޒުހާ

އިންޑިއާގެ 74 ވަނަ މިނިވަން ދުވަހާ ގުޅިގެން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާގެ ރައްޔިތުންނަށާއި ރައީސް ރާމްނާތު ކޯވިންދާއި ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.

އިންޑިއާގެ ބޮޑު ވަޒީރު ޓެގް ކުރައްވައި ރައީސް ކުރެއްވި ޓްވީޓުގައި ވިދާޅުވީ އިންޑިއާ ގައުމެއްގެ ގޮތުގައި ކުރިއަށް ހިނގާން ފެށިތާ 73 އަހަރުވެފައިވާއިރު އިންޑިއާ އަބަދު ވެސް މަސައްކަތް ކުރަނީ ހަމަޖެހުމާއި ކުރިއެރުމާ އެކުގައި ކަމަށެވެ.

އަދި ރައީސް ވަނީ އިންޑިއާ އަކީ ޑިމޮކްރަސީގެ އުސޫލުތައް ވަރުގަދަ ގައުމެއްކަން ވެސް ފާހަަގަ ކުރައްވާފައެވެ.

އިންޑިއާ އާއި ރާއްޖެ އާއި ދެމެދު އޮންނަ ގުޅުން ރައީސް ސޯލިހުގެ ވެރިކަމުގައި ބަދަހިވެފައިވާއިރު އިންޑިއާ އިން ދަނީ ރާއްޖޭގައި ހިންގާ ބޮޑެތި މަޝްރޫއުތަކަށާއި އިގްތިސޯދީ މަސައްކަތްކަށް ބޮޑެތި އެހީތައް ދެމުންނެވެ. ހަމަ އެހެންމެ އެކަންކަމާއި ގުޅުވައިގެން އިންޑިއާއިން ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެ ، ނުފޫޒު ފޯރުވާކަމަށް ވެސް އާންމުން ދަނީ ތުހުމަތު ކުރަމުންނެވެ،

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!