ޢަރަބިއްޔާ ސުކޫލުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް މިއަދުގެ ވަގުތެއްގައި ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރ އައިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ޠާރިގު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އިމާރާތުގެ ޑީޓޭލް ޑްރޯވިންގެ މަސައްކަތް މިމަހުގެ ނިޔަލަށް ނިމޭނެކަމަށާއި ނަމަވެސް އާ އިމާރާތުގެ ޢަމަލީ މަސައްކަތް މިއަދުގެ ވަގުތެއްގައި ފަށާނެކަމަށެވެ.
"މިހާރުވަނީ އިމާރާތުގެ ކޮންސެޕްޓް އެއްކޮށް ކުރެހުން ފައިނަލްކޮށް ނިމިފަ ކުރިއަށް ދަނީ ޑީޓޭލް ޑްރޯވިންގެ މަސައްކަތްތައް ނިންމުމުގެ ކަންތައްތައް ދެން މިމަހުގެ ނިޔަލަށް ޑީޓޭލް ޑްރޯވިންގ ވެސް ނިމޭނެ ނަމަވެސް މިއަދުގެ ވަގުތެއްގައި އަމަލީ މަސައްކަތް ބާ ޖަމާލުއްދީނު ހުރި ތަނުގައި ފަށާނެ" މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މި ޕްރޮޖެކްޓަކީ އަމިން ކޮންސްޓްރަކްޝަނާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށާއި މަޝްރޫއުގެ އަގަކީ ސަތޭކަ ފަސްދޮޅަސް އަށް މިލިއަން ފަސްލައްކަ ފަންސަވީސްހާސް އެއްސަތޭކަ ފަންސާސްރުފިޔާ ނުވަދިހަ ދެ ލާރި ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު މިއޮތް ވާރޗުއަލް ރޫލާއި އެއްގޮތަށް ދާނަމަ، 2024 ވަނަ އަހަރުގެ ދިރާސީ އައު އަހަރު ސުކޫލު ހުޅުވޭނެ ކަމަށް ލަފާ ކުރައްވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.