ފެނަކައިން ބިލުތަކަށް ފައިސާ ނުދައްކާތީ ބައެއް އަމިއްލަ ފަރާތްތަކުން އިޙްތިޖާޖަށް!

ފެނަކަ ކުންފުނިން ބިލްތަކަށް ފައިސާ ނުދައްކާތީ ބައެއް އަމިއްލަ ފަރާތްތަކުން ފެނަކަ އޮފީސް ދޮރުމަތީ އިޙްތިޖާޖް ކޮށްފިއެވެ.
ދައުރުވަމުން އަންނަ ފޮޓޯތަކުން ފެންނަ ގޮތުގައި ފެނަކަ ކުންފުނިން ބައެއް އަމިއްލަ ކުންފުނިތަކަށް ފައިސާ ނުދައްކާތާ 7 މަސް ވަނީ ވެފައިކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ. އެފަރާތްތަކުން ބުނެފައިވާގޮތުގައި ފެނަކަ ކުންފުނިން ވަނީ ގިނަ އަދަދެއްގެ މުދާ ނެގުމަށްފަހު ބިލްތަކަށް ފައިސާ ނުދައްކައެވެ.
ފެނަކަ ކުންފުނިން އެކި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ ނުދައްކާކަމުގެ ތުހުމަތުތައް ދާދި ފަހުން ވަނީ ފެންމަތިވެފައެވެ.
މިގޮތުން އެސްޓީއޯއަށް ދައްކަން ޖެހޭ 1.8 ބިލިއަން ރުފިޔާ ނުދައްކާތީ އެސްޓީއޯއިންވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެފައިސާ ނުލިބޭތީ އެސްޓީއޯއަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާކަމަށް އެސްޓީއޯ އިން ވަނީ ބުނެފައިވެއެވެ. 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެސްޓީއޯ އިން ފެނަކަ ކުންފުންޏަށް ވިއްކާފައިވާ ތެލަށް އެއްވެސް ފައިސާއެއް ނުދައްކާކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.
މީގެއިތުރުން ލާމު ގަމުގައި ހުންނަ ފެކަނަ ކޯޕަރޭޝަންގެ އިންޖީންގެއިން ޑީސަލް ހުސްވެގެން އެރަށުން ކަރަންޓް ކެނޑުނު މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ.
ފެނަކަ ނެއްލައިދޫ އިންޖީނުގެޔާ އޮފީސް ހެދި އެއްެ ވެސް ބަޔަކައް ފައިސާ ދީފައި ނުވައިކަންފާހަގަކޮްްް އްލަން