ވިޔަފާރި

އާބަންކޯއިން 100 އެޕްރެންޓިސްޝިޕް ފުރުސަތު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އާބަންކޯ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އާބަންކޯއިން ވަނީ 12 ދާއިރާއަކުން 100 މީހުން ތަމްރީންކުރަން ނިންމާފައެވެ.

Ads by Sosun Fihaara

އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ ގްރޭޑް 10 ނިންމާފައިވުން ނުވަތަ ދަށްވެގެން ގައުމީ ސަނަދުގެ ލެވަލް ދެއެއްގެ ފާހެއް އޮތުމެވެ.

އާބަންކޯއިން ބުނި ގޮތުގައި އެޕްރެންޓިސްޝިޕް ޕްރޮގްރާމްތަކުގައި ބައިވެރިވެވޭނީ އުމުރުން 16 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނަށެވެ. ހެވީ ވެހިކަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވެވޭނީ އެންމެ ހަގުވެގެން އުމުރުން 18 އަހަރުވެފައިވާނަމައެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް ހުޅުވާލާފައިވާ ދާއިރާތައް

  • ގާޑަނިން
  • ރެފްރިޖެރޭޝަން އެންޑް އެއާކޮންޑިޝަނިން މެކޭނިކް
  • އިންވެންޓަރީ މެނޭޖްމަންޓް
  • ކޮމްޕިއުޓާ ހާޑްވެއާ އެންޑް ނެޓްވޯކިން
  • ހައުސްކީޕިން
  • ލޯންޑްރީ އޮޕަރޭޝަންސް
  • ފްރަންޓް އޮފީސް ސާވިސް
  • ހެވީ ވެހިކަލް އޮޕަރޭޝަންސް
  • ކޮންސްޓްރަކްޝަން ސައިޓް ސުޕަވިޝަން
  • ހެލްތު އެންޑް ސޭފްޓީ އިން ކޮންސްޓްރަކްޝަން
  • ޕެއިންޓިން އެންޑް ޑެކޮރޭޝަންސް
  • ވެލްޑިން ޓެކްނިކްސް

ވަޒީފާ އަދާނުކުރާ މީހުންގެ އިތުރުން ޕާޓްޓައިމް މީހުންނަށް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވެވޭނެ ކަމަށް އާބަންކޯއިން ވަނީ ބުނެފަ އެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ 14 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.

Ads by Allied Insurance
  1. ވަޒީފާ ނުލިބޭ މީހާ

    37 ވީމަ މިކަހަލަ ކަމެއް ވެސް ނުލިބޭ، 35 ނުވާމީހުން މި ކަނ ބޭނުމެއް ނުވޭ! ދެން ބޭނުން މީހުނަށް ދޭންވެއްޖެ އެއްނު