ސަމާލުވޭ! އާބަންކޯގެ ނަމުގައި ފޭކް ލިންކުތަކެއް ދަނީ ފޮނުވަމުން

އާބަންކޯގެ ނަމުގައި ސްޕޭމް ކޯލްތަކާއި ލިންކުތައް ފޮނުވަމުންގެންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.
އާބަންކޯ އިން ބުނީ އެ ކޯޕަރޭޝަންގެ ނަމުގައި ސްޕޭމް ކޯލްތަކާއި ޝައްކުކުރެވޭ ލިންކުތައް ފޮނުވަމުންދާކަން ވަނީ ފާހަގަކުރެވިފައިކަމަށެވެ.
"މި ކޯޕަރޭޝަންގެ ނަމުގައި ސްޕޭމް ކޯލްތަކާއި ޝައްކުކުރެވޭ ލިންކުތައް ފޮނުވަމުންދާކަން ވަނީ ފާހަގަކުރެވިފައި. އަރބަންކޯގެ ފަރާތުން މިފަދަ އެއްވެސް މުއާމަލާތެއް ނުކުރާނެކަން ހަނދުމަކޮށް އަރުވަން. އަދި މިފަދަ މެސެޖްތަކާއި ލިންކުތަކަށް ސަމާލުވުމަށް އިލްތިމާސްކުރަން!" އާބަންކޯއިން ބުނެފައިވެއެވެ.
ފޭކް ލިންކްތަކާއި، ފޯނު ކޯލުތައް މެދުވެރިކޮށް، ފައިސާ ހޯދުން ވަނީ ވަރަށް ބޮޑަށް ރާއްޖޭގައި އިތުރުވެފައެވެ. އަދި މިކަމާއި ގުޅިގެން ސަމާލުވުމަށް ކަމާއި ގުޅުން ހުރި އިދާރާތަކުން ދަނީ އިރުޝާދު ދެމުންނެވެ. މިފަދަ ފޭކް ލިންކްތައް މެދުވެރިކޮށް ގިނައަދަދެއްގެ ފައިސާ ފޭރުމުގެ އަމަލުތައް މިފަހުންވަނީ ވަރަށް ގިނަ ވެފައި ކަން ފާހަގަކޮށްލެވެއެވެ.







ކޮމެންޓް