ޚަބަރު ސިޔާސީ

ރައީީސް ނާސިރާއި، މައުމޫންގެ ޚާރިޖީ ސިޔާަސަތު ޒަމާނަކަށް ނުފެތޭ: މަވޯޓާ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ކުރީގެ ރައީސް އިބްރާހިމް ނާސިރާއި، ކުރީގެ ރައީސް މައުމޫނުގެ ޚާރިޖީ ސިޔާސަތު މި ޒަމާނަށް ނުފެތޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އޭނާ މިހެން ވިދާޅުވެފައިވަނީ، މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ރާއްޖޭގެ ވެރިކަން ލިބިވަޑައިގެންފިނަމަ ގެންގުޅުއްވާނީ ކުރީގެ ރައީސް މައުމޫނާއި، ކުރީގެ ރައީސް ނާސިރުގެ ހާރިޖީ ސިޔާސަތު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވުމާ ގުޅިގެންނެވެ.

ޝަރީފް ވިދާޅުވީ، ރައީސް މައުމޫނާއި ރައީސް ނާސިރުގެ ޚާރިޖީ ސިޔާސަތުތައް އެ ޒަމާނަށް ކަމުދިޔަނަމަވެސް މިޒަމާނަށް އެސިޔާސަތު ކަމުނުދާކަމަށާއިމިހާރު ބޭނުންކުރަން ޖެހޭނީ މިޒަމާނަށް ފެތޭ ޚާރިޖީ ސިޔާސަތެއްކަމަށް ޝަރީފް ވިދާޅުވިއެވެ. އެގޮތުން އެފަދަ ސިޔާސަތެއް ބިނާވެފައިވާންޖެހެނީ ރާއްޖޭގެ އިގްތިސާދާއި، ޤައުމުގެ މަސްލަހަތާއި، މިނިވަންކަމާއި، ސަރަހައްދީ އިޚްތިޞާސްގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދީގެންކަމަށް ޝަރީފް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީން އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ނިންމާފައިވާއިރު، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޤާސިމް ކަމަށް ރަސްމީކޮށް ވަނީ ހާމަކޮށްފައެވެ.

އަދި ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން، ޖޭޕީން އަންނަނީ މެމްބަރުން އިތުރު ކުރުމަށް ވެސް މަސައްކަތް ކުރަމުންނެވެ.

އަދި ރައީސް މުޙައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނާއެކު، ޖޭޕީން ކޯލިޝަން ހަދަން ނިންމައިފައިވާއިރު، ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބުގެ އެމްޓީޑީ އާއި އެމްއާރުއެމްއަށްވެސް ޤާސިމްގެ ފަރާތުން ވަނީ ކޯލިޝަން ހެދުމަށް އެދި ދައުވަތު ފޮނުވައިފައެވެ.

 

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!