ޚަބަރު ސިޔާސީ

އަމްރު ކިޔައި ދެއްވީ މިހާރު ވެރިކަން ހިނގާ ނިޒާމުގެ މައިގަނޑު މައްސަލަތަކާއި އޭގެ ހައްލު

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މިހާރު ވެރިކަން ހިނގާ ނިޒާމުގެ މައިގަނޑު މައްސަލަތަކާއި އޭގެ ހައްލު، އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރު ކިޔައި ދެއްވައިފިއެވެ.

Ads by Hajj Corporation

އަމްރު މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީ މިފަދަ 10 ކަމެއް ހިއްސާކޮށް އެކަންކަމަށް އޮތް ހައްލު ކިޔައި ދެއްވާފައެވެ.

"ވަރަށް ގިނަ ފަރާތްތަކެއްގެ ޚިޔާލު އެކި ފޯރަމްތަކުން ލިބުނު. މި ނުވެދާނެ އަދި އެންމެ ރަނގަލު ހައްލުތައް ކަމަށް. ނަމަވެސް އެންމެންވެސް ޤަބޫލުކުރޭ މިކަންކަމަށް ހައްލު ލިބެންޖެހޭ ކަން. މި ވާހަކަތައް އަދިވެސް ގިނައިން ދެކެވެންޖެހޭކަން ވެސް ފާހަގަކޮށްފަވޭ" އަމްރު ވިދާޅުވިއެވެ.

އަމްރުއަކީ މިސަރުކާރު ގެނައުމުގައި އަދި އެމްޑީޕީގެ އިސްސަފުގައި ފެށުނީއްސުރެ ހަރަކާތްތެރިވަމުން އަންނަ ބޭފުޅެކެވެ. ހާއްސަކޮށް މިސަރުކާރު ގެނައުމަށް އަމްރު ކުރައްވާފައިވާ ގިނަ ގުނަ މަސައްކަތްތަކަކީ ފާހަގަކޮށްލެވޭ މަސައްކަތްތަކެކެވެ. އަދި މި ސަރުކާރު ފެށުނީސުރެ ދާދި ފަހާ ޖެހެންދެން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނަވައިގެން އަމްރު ކުރައްވާފައިވާ ހިދުމަތްތަކަކީ ފާހަގަކޮށްލެވޭ ހިދުމަތްތަކެކެވެ.

Ads by Allied Insurance
  1. އަލިހޮއްކޮ

    އަމްރަށްވެސް އަދިވެސް ފެއިލްވެފައި ތިބި އެންމެނަށްވެސް މައްސަލަތަކެއް ހުރިކަމާއި ހައްލަކީ ކޮބައިކަން މިއެގެނީ ވަޒީފާގެއްލި މަގާމުން ބޭރުކޮއްލީމައެވެ. އެހެންނޫންނަމަ ހަމަ ހުރިހާކަމެއް ބަރާބަރުވީހެވެ. ވީމާ މިޔަށް ކިޔާނީ މުނާފިގު ކަމެވެ. ތިޔަހާ މޮލު މީހެއްނަމަ ބަގުރޫޓުވި ބަފާ ނަގާ ކޮޅަށް ޖަހާބަލާށެވެ.

  2. ގާދިރު

    ކަލޭ ބޭކާރު ވާހަކަދެއްކުމުގެ ބޭނުމެއް ނެތް ކަލޯއެކޭ ޔާމީނުއެކޭ ހަމަހަމަ

  3. ޤައުމުގެ ކަންކަން ރަގަޅުވާނީ ޤައުމުގެ ގިނަމީހުން ރަގަޅަށް އިސްލާމް ދީނުގެ ހުކުމް ފުޅުދަސްކޮށްގެން ދުނިޔެވީ ދީނީ އިލްމު ރަގަޅަށް އުގެނި ދަސްކޮށްގެން އެޔާއި އެއްގޮތަށް އަމަލާއި ސުލޫކު އަހުލާޤް ބައްޓަންކޮށްގެން ގަދައަޅާ މަސައްކަތް ކޮށްގެން !

  4. ބީތާ

    ނަޝީދު ބުނިއްޔާ ބުނިކަމެއް ކުރަން ހުރި މީހެއް ތީ!! ތިބުނާ ބަރު ނިޒާމު ގެނެވެންދެން ތިވާހަކަ ކަލޭ ދައްކަންވާނެ..އެއީ ކަލެއަށް މިވަގުތު ހަވާލުކުރެވިފައިވާ މަސައްކަތަކީ!! ކަލޭ އޮއެބަލަ ގޭގެ މައްސަލަތައް ހައްލުކުރަން ގޭގަ..މިހާރު ހުންނާނީ އެސްޓީއޯވެސް ކާނެވަރަކަށް ކެވިފަ.

  5. މިރާއްޖެއަށް ދިމާވެފައިވާ ހުރިހާ ބަލާވެރިކަން ނުފޮރޮއްޕާންކަން ގެނައީ އެމްޑިޕީ ނުންތޯ ؟