ބޮލީވުޑް މުނިފޫހިފިލުވުން

ބައްޕަގެ ފައިސާއަކީ އަމިއްލަ ފައިސާކަމަށް ދުވަހަކުވެސް ނުދެކެން: އަދިތުޔާ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ބޮލީވުޑުގެ ލަވަކިޔުންތެރިޔާ އަދިތުޔާ ނާރާޔަންގެ ބައްޕަ ބޮލީވުޑުގެ ލެޖެންޑަރީ ލަވަކިޔުންތެރިޔާ އުދިތު ނާރާޔާންގެ ފައިސާއަކީ އަމިއްލަ ފައިސާ ކަމުގައި ދުވަހަކުވެސް ނުދެކޭކަމަށް އޭނާބުނެފިއެވެ.

Ads by MWSC

އިންޑިއަން އައިޑޮލްގެ ހޯސްޓުކަންވެސް ކުރަމުން އަންނަ އަދިތުޔާގެ ބުނިގޮތުގައި އޭނާ ޓީވީ ޕްރެޒެންޓަރަކަށްވީ އެންމެ ބޮޑު ބޭނުމަކީ އަމިއްލަ މަސައްކަތެއް ފެށުމަށް ބޭނުންވާ ފައިސާ ހޯދުމެވެ. އޭނާ ބުނީ ވީޑިއޯ އެއް ނުވަތަ ލަވައެއް ހަދައިގެން ނުފުދޭވަރުގެ ބޮޑު އޯޑިއެންސެއް އޮންނާތީ އެ އޯޑިއަންސްއާ ހަމައަށް ވާސިލުވުމަށް ޓަކައި ސްޓްރެޓެޖީއެއް އޮންނަން ޖެހޭކަމަށެވެ. އަދި އެކަމަށް ވަރަށް ގިނަ ފައިސާ ބޭނުންވާކަމަށް އަދިތުޔާ ވަނީ ބުނެފައެވެ.

"އަހަރެން ބޭނުންވާ ކަހަލަ މިއުޒިކެއް އުފެއްދުމުގައި އެއްވެސް މީހަކަށް ބަރޯސާވާކަށް އަހަރެން ބޭނުމެއް ނުވޭ. އެކަމަކު އެންމެ ފަހުން އަހަންނަށް މިހާތަނަށް ލިބުނު ފައިސާއިން މަދުވެގެން ތިން އަލްބަމެއް ހެދޭނެ. އަދި އެކަމާ އަހަރެން އުފާކުރަން. އެކަމަކު މި ހިސާބަށް ދިއުމަށް، އަހަރެންގެ 3 އަލްބަމަށް ފަންޑުކޮށް، ޕްރޮޑަކްޝަނުން ފެށިގެން މާކެޓިންއާ ހަމައަށް ހުރިހާ ކަމެއް ކުރަން- އަހަންނަށް 34 އަހަރު ބޭނުންވި" އަދިތުޔަ ބުނެފައިވެއެވެ.

އޭނާ ބުނިގޮތުގައި އޭނާގެ ބައްޕައަކީ ކާމިޔާބު މީހަކަށްވުމަށް ގިނަ ގުނަ ގޮންޖެހުންތަކާއި ވަނީ ކުރިމަތި ލާފައެވެ. އަދި އެކަންކަން އޭނާ ވަނީ ވަރަށް ގާތުން ދެކެފައެވެ. އެހެންކަމުން އޭނާގެ ބައްޕަގެ ފައިސާއަކީ އަމިއްލަ ފައިސާ ކަމުގައި އޭނާ ދުވަހަކުވެސް ނުދެކޭކަމަށް ވަނީ ބުނެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!