Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
އިޖުތިމާޢީ

ކޮވިޑްގެ ނުރައްކާ ބޮޑުވަނީ، އެއް އަހަރު ނުވާ ހަ ކުއްޖަކު އެޑްމިޓް ކޮށްފި

ކޮވިޑްގެ ނުރައްކާ ބޮޑުވަނީ، އެއް އަހަރު ނުވާ ހަ ކުއްޖަކު އެޑްމިޓް ކޮށްފި

ކޮވިޑް ޖެހިގެން އެއް އަހަރު ނުވާ ހަ ކުދިންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އެބަ ގެންދާކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު، އަޙުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ޑރ. ފައިސަލް މިރޭ ވިދާޅުވީ އޭގެ ތެރެއިން ބައެއް ކުދިންނަށް ކޮވިޑްގެ ހުމާއެކު ފިޓު ވެސް ޖެހިފައިވާކަމަށެވެ.

https://twitter.com/Faisalnaifaru/status/1648714881066221568

Advertisement
Allied — Dhen Online (box)

މިދުވަސްކޮޅު މާލޭގައި ކޮވިޑް ފެތުރެމުން ދާތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭ)އިން ވެސް ވަނީ އިލްތިމާސް ކުރައްވައިފައެވެ. މިގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި، އާއްމު ސާފުތާހިރު ކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކުރައްވައިފައެވެ.

މީގެއިތުރުން ކޮވިޑް 19 އިން ދިފާއުވުމަށްޓަކާ ފަސް އަހަރާ 11 އަހަރާ ދެމެދުގެ ކުޑަކުދިންނަށް ފައިޒާ ވެކްސިން ދިނުމުގެ މަސައްކަތް އެ އެޖެންސީންވަނީ ދާދި ފަހުން ފައްޓަވައިފައެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާއްމު ކުރެއްވި މަޢުލޫމާތު ތަކުން ދައްކާ ގޮތުގައި ފާއިތުވި ހަފްތާގައި، 148 މީހަކަށް ވަނީ ކޮވިޑް ޖެހިފައެވެ. މީގެ ތެރެއިން 100 މީހުންނަކީ މާލޭ ސަރަހައްދުން ބައްޔަށް ޕޮޒިޓިވް ވީ މީހުންނެވެ. އަދި ކޮވިޑް ޖެހިގެން 28 މީހަކަށް ދަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓުކޮށްގެން ފަރުވާ ދެމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް