އެކްސިޑެންޓްވި ޒުވާނާގެ ސިކުނޑިއަށް ހުރީ ލޭ އެޅިފައި
ކާރަކާއި ސައިކަލެއް ޖެހިގެން ހުޅުމާލެ ފޭސް ދޭއްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި ޒުވާނާގެ ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެކްސިޑެންޓް ހިނގާފައިވަނީމ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިތިގަސްމަގު އެމްޕީއެލް ފްލެޓްތައް ކައިރީގައި މިއަދު 11:45ކަންހާއިރު ކަމަށެވެ.
މި އެކްސިޑެންޓް ހިނގިއިރު ސައިކަލު ދުއްވަން އިނީ 18 އަހަރުގެ ފިރިހެނެކެވެ. އޭނާއަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލްގައި ދިޔައީ ފަރުވާ ދެމުންނެވެ. ނަމަވެސް އިތުރު ފަރުވާއަށް އޭޑީކޭއަށް ބަދަލު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
Ads by Allied Insurance