ވެހިކަލް ބަރުގޮނު އަޅަން ޖެހުނީ ހޭނެތުނު ކުއްޖަކު ހޮސްޕިޓަލަށް ގެންދަން: އެމްއެންޑީއެފް
ވެހިކަލް ބަރުގޮނު އަޅަން ޖެހުނީ ހޭނެތުނު ކުއްޖަކު ހޮސްޕިޓަލަށް ގެންދަން ކަމަށާއި އެވަރުން ވެސް އެކުއްޖާ ގެންދަން 15 މިނެޓް ހޭދަވި ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
ރޭ މާލޭގައި ހަވާ އެރުވުމަށްފަހު މީހުން ގެއަށް ދިޔަ ވަގުތު މަގުތައް ހަލަބޮލިވެ ބާރުބޮޑުވި އެމް އެމްއެންޑީއެފްގެ ވެހިކަލެއް އަމީރު އަހުމަދު މަގުގައި ބަރުގޮނު އަޅައަޅައި އޮތް ކަމަށް ބުނެ މީހަކު ވަނީ ޓުވިޓާގައި ވީޑިއޯއެއް ހިއްސާ ކޮށްފައެވެ. އަދި އެވީޑިއޯ އެކު އެމީހާ ބުނެފައިވަނީ ވެހިކަލަކީ މަތީ ރޭންކެއްގެ މީހަކު އެވަގުތު ހުރި ވެހިކަލެއް ކަމަށް ބެލެވޭ ކަމަށެވެ. އަވަސް އަރުވާލަން ބޭނުން ނަމަ، ފުލުހުންގެ އެސްކޯޓެއް ދެން ފަހަރަކުން ބޭނުން ކުރުމަށްވެސް އެމީހާ އެދިފައި ވެއެވެ.
މިވީޑިއޯގެ ހަގީގަތް ހާމަކޮށް އެމްއެންޑީއެފުން ބުނީ ރޭ އަމީރު އަޙްމަދު މަގުން ދުއްވާފައި ދަމުން ހަތަރު ސިގްނަލާއެކު ވެހިކަލް ބަރުގޮނު އަޅަންޖެހުނީ ޢާންމުންގެ ކުޑަކުއްޖަކު ހޭނެތި ކުއްލި އަވަސް ޞިއްޙީ ފަރުވާދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްދިނުމަށް މަގުމަތި ބަލަހައްޓަމުން ދިޔަ ފުލުހުން އެދުމުން ކަމަށެވެ. އެމްއެންޑީއެފުން ބުނީ ވެހިކަލްގެ ޑްރައިވަރު ފުރަތަމަ މަސައްކަތްކުރީ ބަރުގޮނު ނާޅައި ހަތަރު ސިގްނަލް ޖައްސައި ވީ އެންމެ އަވަހަށް ހޮސްޕިޓަލަށް ގެންދެވޭތޯ މަސައްކަތް ކުރި ނަމަވެސް މަގުމަތީގައި މީހުން ގިނަވެ ކާރޫބާރު ބޮޑުވެ ހަތަރު ސިގްނަލް ޖެއްސި ނަމަވެސް ކުރިއަށް ދެވޭގޮތްނުވެ، ކުއްޖާގެ ޙާލަތު އިތުރަށް ގޯސްވާތީ ބަރުގޮނު އަޅަންޖެހުނީ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ހަމަ ތަނަކުން ކަމެއް ފެންނަ އިރަށް އެކަމެއްގެ ހުރިހާ ހަގީގަތެއް އެނގިގަނެގެން އުޅޭ ބުރާންތިތަކަށް ފިލާވަޅެއް ލިބޭނީ އެފަދަ މީހަކަށް އެކަހަލަ ކަމެއް ދިމާވީމަ.
ހަމަ ތެދެއް ތީ
އާދަނާ ބީތަވެގެންތަ ތިއުޅެނީ.. ހޮސްޕިޓަލްގަ ވެސް އެންބިއުލާންސް ހުރޭ.. ވަގުތުން ފަރުވާ ބޭނުންވާ ކުއްޖަކައް އެހީތެރިކަންދެވޭތޯ ފުލުހުންނާ ސިފައިން ބެލީ…
ތިމާ މީހާ މާ މޮޅުވާން ތަނަކުން މަންޒަރެއް ފެންނައިރައް ނުލިއެ އެކަމެއްގެ ހަގީގަތް ނިކަން ބަލަން އާދަ ކޮށްބަލަ ފަހުގެ ފޯބަކާ މާރީތި ގަމީހެއްލާފަ ބޮލުގެ އިސްތަށިގަނޑައް ގޮތެއް ހަދާލީމާ އަދި އެއީ ތަހުޒީބެެއް ނޫން މަ ދަރިންނޭ
މިހާރު އެމް.އެން.ޑީ.އެފް ގައި އެމްބިއުލާންސެއްވެސް ނެތީތޯ ކޮނމެކަމަކަށް ވަރަށް ތާކުންތާކުނުޖެހޭ އުޒުރުތައް ޑައްކަވާތީ މި ފެންނަނީ
ކަމެއް ދިމާވާ ކޮންމެ ފަހަރަކު އެމްބިއުލާންސް އޮވޭތަ ކައިރީގަ؟؟ ވިސްނުން ތަންކޮޅެއް ތަރައްޤީ ވާން އެބަޖެހޭ
ކުރެބު ހެޑެއްގެ ހުންނާނީ ކޮންވިސްނުމެއް.
އޭ މޮޔަޔާ. ނިކަން ރަނގަޅައް ލިޔެފައޮތް އެޗެއް ކިޔާބަލަ. ގަމާރު ވިޔަސް ބޮޑުވަރު.
ބުރާންތިވިޔަސް ތީ ބޮޑުވަރު އޭގައެއޮތީ މަގުމަތި ބަލަހައްޓަންތިބި ފުލުހުން އެދިގެން ހޭނެތުނު އާމުންގެ ކުއްޖެއް އެއައް އެރުވިވާހަކަ.
މީހާ މަރުވަންދެން އެމްބިއުލާންސް އަށް ރިކުއެސްޓްކޮށް މަޑުކުރެވެން ނެތް. ތަންކޮޅެއް ބޮޑަށް ވިސްނާލާ
އެމްބިއުލާންސް ވާހަކަ ބުނާނަންތަ ތިގޮލާ އާއި ގުޅުންހުރި މީހަކު ހޮސްޕިތަލަށް ގެންދަން އެވެހިކަލް އުޅުންނަމަ.
މާނައަކީ ބޭފުޅާގެ ދަރިޔަކަށް އެފަދަ ހާލަތެއް މެދުވެރިވާ ހާލަތުގައި ޕޮލިސް ނުވަތަ އެހެން މުއަސަސާއެއްގެ ވެހިކަލެއްއް އެހީވަން އަޔަސް ބުނާނީނީ ” ނޫނެކޭ މިކުއްޖާ ފުޅު މަރުވިޔަސް ހެވޭ ތިމަންނަ ދާނީ އެމްބިޔުލާންސް އައިމައޭ” ދޯ…..؟
ވެރީނައިސް.
ކަނޑުކޮހާމީހަކުހޭނެތޭކޮންމެތާކުއެންބިއުލާނސްއޮވޭތ؟
މަގުމަި ދިމާވ ކަމެއްގ އެންމ ފުރަތަމ އެހީވާނ އެންމ އަވަހަށް އާދެވ އެންމ ކައިރީ އޮތ ވެހިކަލް .. ބުރާންތި
މަގުގެ ބާރު ބޮޑުވާހަކަ ދޯ އެބުނީވެސް. ދެން ކުއްލިކަމެއްވާއިރަށް އަދި އެމްއެންޑީއެފް ގެ އެންބިއުލާންސް ގެންނަންތަވީ.؟ ކަލޭއާ އެކަހަލަ ކަމެއްދިމާވީމަ އިނގޭނީ. ކޮންމެ ކަމެއް ސިޔާސީ ކުލަޖައްސާނެ ތިމީހުން. ގަމާރު ވިއަސް ތީބޮޑުވްރު
ޥަރަށް ވާނުވާ ނޭނގޭ ބީތާއެއްތީ
ބަލަ ލިއުންކޮޅު ކިޔާފަތަ ކޮމެންޓް ތިކޮއްލީ
ތިބޭފުޅާގެ ދަރި އެހާލުގަ އޮތަސް ހަމަ ތިހެންތޯ ބުނާނީ؟
ހަބަރު އެއްކޮށްކިޔާލާފަ ކޮމެންޓްކޮށްލަބަލަ. މަގުމަތިން ދަނިކޮށް ފުލުހުން އެދިގެން ކުއްޖަކު ހޮސްޕިޓަލަށް ގެންދަން ޖެހުނީޔޯ. ދެން އެމީހުން ވީ އަދި އެމްބިއުލެންސް ގެނުވަންތަ. ހައިރާންވޭ ފަހެ.
ކިތައްމެފަހަރަކުު އިމަޖެންސީީ ދިމާވީމަަ މަގުމަތިންް ކާރުު ހުއްޓުވާފަަ ހޮސްޕިޓަލަށްް ކާރުގަަ ފޮނުވަނ ޖެހެނީީ މާލޭގަަ އެންބިއުލަންސްް ނެތީމަކާނޫންް.
ތިޔަހުރީ ބީތާވެފަތަ. މަގުމަތިން ހާލު ދެރަވެގެން އުޅުނު ވަގުތު އެމް އެން ޑީ އެފް ގެ ވެހިކަލް އެއް މަގު މަތިން ފެނިގެން އެ ކުއްޖާ ހޮސްޕިޓަލަށް ގެންގޮސް ދޭން ފުލުހުން އެދުމުން ގެންދިޔައީ. ރާއްޖޭގަ ހޮސްޕިޓަލާ ޑޮކްޓަރުން ނެތީއެއް ނޫން.
ޢިމަރޖެންސީގައި އެމްބިއުލެންސް ހޯދުމުގެ ބަދަލުގައި ވަގުތުން ލިބުނު ވެހިކަލެއްގައި ގެންދިއުން ބުއްދި ވެރީ އާދަމް ޚަލީލް ބުއްދިކޮބާ
ބޭފުޅާ ހަމައިގަތޯ ތިހުންނެވީ! ވާނުވާ ނޭނގެ ކަމަަށްވަނީނަމަ މީހެއްކައިރީގަ އަހައިލައިގެން އުޅެލަބަލަ
ހިތަށ އަރާއިރަށ އެންބިއުލާންސ ގެނެވޭތަ. ކުޑަ ކުއްޖަކ ހާލުދެރަވެގެނ އަވަސއް ފަރުވ ބޭނުނ ވެގެނ އެއޮތީ. ކަލެއަށ ގޮތެއ ވާދުވަހަކުނ އޮވޭޭ މަރުވިޔަސ އެންބިއުލާންސއް އަންނަންދެނ. ބުރާންޗެއ ސަހާދެއް
ކޮމްމެ ހަތަރު އަނގޮއޮޅިއެއްގަ އެމްބިއުލަންސް އެއް ބާއްވަން ވީތާ
ބަލަ މުޅި މަގު ތޮއްޖެހިފަ އޮތްއިރު އެންބިޔުލާންސު އަންނަންދެން މަޑުކުރިނަމަ އެކުއްޖާޔަށް ވާނީކިހިނެއްބާ. ފޫކޮޅުން ވިސްނާތި ވާގޮތް ތިފެންނަނީ
ދެން ތި ބުނީ ، އެ ކުއްޖާ މަރު ވަންދެން އެމްބިއުލަންސް އަންނަން ދެން މަޑު ކުރާށޭ ދޯ؟ އޭރުންވެސް ހަމަ ގޯސް ވާނީ އެ ސިފައިންގެ ވެހިކަލް .. އިންސާނެއް އެ ހާލުގަ އޮއްވާ އަޅާ ނުލާ ދިޔައީ އޭ ،، ހާދަ ރަހުމް ކުޑަ އޭ ކިޔާފަ
ކަލޭ އަޅެ ގަޅީތަ؟ އެތަނުގައި އެވަގުތު އޮތް ވެހިކަލެއްވީމަ ބުނީ
އަވަސް ކުރަން ބަލާ ވަގުތުވެސް، އެމްބިއުލާންސެއް ގެނެވޭތޯ ބެލުމުގެ ކުރިން، އެވަގުތު އެތާ އޮތް ވެހިކަލްގައި ފަރުވާއަށް ގެންދިޔުން މާ ރަނގަޅު. ނުވިސްނޭ ބަޔަކަށް ހާސް ދުވަސް ލިބުނަސް ނުވިސްނޭނެ.
ކުއްޖަކަށް ކަމެއް ވެގެންނޭ ބުނީމަވެސް، އާދަނާ ކަލޭގެ މޮޅުކަން ދެއްކޭތޯ ބަލާތި މިހިރަ ބުރާންޗާ
މަ ލައްކަ ބޭނުން މި އާދަމް ހަލީލާއި ބައްދަލު ކޮށްލަން. ބޮލުގަ ފުއްޓައްކެއް ޖަހަން.
ކަލޭ ވެސް މާދަން އެހެންވެގެން އެބިއުލާންސް އަނަންދެން މަރުވާން ބޭވީމާ އިހުސާސް ވެލާނެ، ސިޔާސީ ވިޔަސް އިންސާނިޔަތުގެ ކަންފުޅެއް ވެސް ނެއް.
ބައެއް މީހުން ހާދަ ގަމާރޭ ދޯ،
ހުރިހާ ތަނެއްގަ ކަމެއްވާއިރަށް އެންބިއުލާންސް އެއް ނޯންނާނެ ދޯ . ބުރާންތިވެފަ ހުއްޓަސް ތީ ބޮޑުވަރު. ހަގީގަތް އެނގުނީމަވެސް އެކަން ގަބޫލު ނުކުރުން އެއީ އެމީހެއްގެ ޖާހިލުކަން
ދޮންކަލޯ ހަބަރު ކިޔާލަފަތަ ކޮމެންޓް ތިކުރަނި؟
ބަލަ އެމްބިއުލޭންސް ގެނެސްގެތޯ ގެންދިއުންތޯ، ނޫނީ އެތާ އޮތް ވެހިކަލަކަށް ަރުވައިގެން ގެންދިއުންތޯ ރަނގަޅުވާނީ. އެއޮތީ އަވަސް ފަރުވާ ދޭން އޭޑީކޭ އަށް ގެންދަންވެގެން ކަމަަށް ކަލެމެންގެ ސިކުނޑީގަ ހަމަ އެއްކމެއްވެސް ނެތީތަ؟
ބަލ އަމިއްލަ ދަރިޔަކަށް ކަމެއް ވިނަމަ މަ ގެންނަންދެން ކަލޭ ހުންނާނަން
ނޫނީ އަތުޖެހުނ ވެހިކަލެއްގަ އަވަހަށް ހޮސްޕިޓަލަށ ދާނީތ؟
ެެ
ތިޔަ ބުނާ އެމްބިއުލައިންސް އެއް އަންނަންދެން އެކުއްޖާ ބާއްވައިފިޔާ ބުނާނެ އެ ވެހިކަލް ގައިއުފުލެނީ ހުސް ބޮޑެތި ބޮޑެތިންނޭ! އާދަމް ހަލީލު މެންނަށް ނޯންނާނެ ރަނގަޅު އެއްގޮތް ވެސް…
މާ އެނގިގަނެގެން ނުތެޅިބެ. އެމްބިއުލަންސް ނެތް ވާހަކާއެއް ނުދައްކާ! ކުއްޖަކު ހޭނެތުނީމަ އަވަހަށް ފަރުވާދެވޭތޯ ބަލާނީ. އެމްބިއުލަންސް އަންނަންދެން މަޑުކުރާނީކީ ނޫން. ކޮންްމެ ކަމަކަށް ވެސް ކަލޭމެން ވާނެގޮތް ކިޔަން
ބުނެލަން އޮތީ ތިމާމީހާގެ ގާތް މީހެއް އެފަދަ ހާލަތެއްގަ އޮއްވަ ހަމަ އެމްބިއުލަންސް އަންނަންދެން މަޑުކުރާނަންތޯއޭ. އެވަގުތު އަވަހަށް ލިބުނު އުޅަނދަކައް އަރުވައިގެން ދާނީކަން ކަށަވަރު
އާދަނާ މަގުމަތިން ދިމާވި ކުށްލިކަކަމެއްގެ ވާހަކަ އޭކަންނޭގެ އެކިޔަނީ. ވާނުވާ ބަލާފަ ވާހަކަ ދައްކަބަލަ. ކަލޭ ވަރަށް ވައްތަރު ކުރިން ސިފައިންގޭގަ އުޅެފަ ހުރި މީހަކާ. ކުޑަ ކަޅުވަޔަށް ބަލަމުން ހިނގާ މަތިމަސް ހަލީލް ދޯތީ؟
ވަގުތާ ހާލަތާ ހުރިގޮތުން އެމްބިއުލާންސް އަށް ވުރެން މުހިއްމީ އަވަހަށް ގެންދެވެން ގޮތަކަށް ގެންގޮސް ފަރުވާދިނުން ދެން ވަރަށް ދެރަކަމެއް މީ އެމް އެން ޑީ އެފް އަށް ހަމަ ސެލިއް ކުރަން
ޢަޅެ އެންބިއުލެސް ގެނާމަތަ އަވަސް ވަނީ ގަޅި ވާހަކަ ނުދައްކާ.
ތިވެސް ހާލަތު ކިޔައިދިނީމަވެސް ނުވިސްނުނު ބުރާންތިއެއްދޯ. ކަލޭނަމަ އަމިއްލަ ސައިކަލް ނުވަތަ ކާރު ވިޔަސް އެހާލަތުގަ އެންބިއުލާންސަކަށްވެގެން ފުރާނައެއް ސަލާމަތް ކުރަން ބަރުގޮނު ނާޅާނެތަ؟
އެމް.އެން.ޑީ.އެފް ގަ އެންބިއުލެންސް ނެތިގެނެއްނޫން ބުރޯ. އެވަގުތު މަގުމަތިން ދުއްވާފަދިޔަ ސިފައިންގެ ވެހިކަލްއެއްގެ އެހީއަށް އެދުނީ. އެ ކުޑަކުއްޖާއަށް ވާނެހާ އެއްޗެއް ވަންދެން ބާއްވަންވީތަ؟ ހަމައެކަނި އެމްބިއުލެންސްއެއްގަތަ އެކަނިތަ އަވަސް ފަރުވާއަށް ބޭނުންވެފަ އޮންނަ ކުއްޖަކު ގެންދަން ޖެހޭނީ؟
އިންސާނީޔަތު ކަމެއް ނެއް ބަޅުން ވާހަކަ ހުންނާނީ ތިޔަހެން���✊��
ބަލަ މިކޮމެންޓުކުރާކުރާމީހުންވެސްހާދަގަމާރޭ ދޯ އެންބިއުލާންސެއް އަންނަންދެންބަލިމީހާފަރުވާނުދީބާއްވަންވީތަ އެމަޖެންސީއަކީވީއެއްމެއަވަހަކަށްފަރުވާދިނުން ޚަލީލް ގަމާރުވިޔަކަސް ތިވަރުތަންފުކެއްބޮޑު ދޯ
ހެލިކަޕްޓަރުން އައިސް މަތީގައި އޮވެގެން ކުއްޖާ ގެންދިޔަނަމަ އަވަހަށް ދެވޭނެތާ !
މިހަ ރުޅިއަންނަ މުއައްސަސާއަކަށް ވީތީ ކޮންމެ ކަމެއްވެސް އޮންނަ ނުބައިކޮއް ސޯސަލް މީޑިއާގައި ޖެހޭތޯބަލާތި. އޭގަ ގެންދިއަ ކުއް ނުގެންދެވި ކަމެއްވިއަސް ގޯސްވާނީ ފުލުހުންނާއި ސިފައިން
އެމް އެން ޑީ އެފް ގެ ވެހިކަލްއަށް ހަތަރު ސިގްނަލް އަޅާގެން ވެސް އަދި ނާޅާވެސް ބަރުގޮނު އަޅަމުން ދެވޭނެ އެވާހަކަ ބުނެއްލީ އެހެނަސް މީކާކުތަށް ބަސް ބުނަން ސައިޒް އިން އުޅޭ ކަލޭގެ ފެންވަރު އެންމެނަށް ވެސް އެގިޖެއް