ޚަބަރު އިޖުތިމާޢީ

ހުޅުމާލޭ ފަޅުތެރޭގައި ބައު އުޅަނދުތަކެއް އޮޔާދާތީ ބޯޓިން އެސޯސިއޭޝަން ކަންބޮޑުވުންފާޅުކޮށްފި!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ހުޅުމާލޭ ފަޅުތެރޭގައި އަޅާފައިވާ ބާ ބޯޓުތަކެއް އޮޔާ ގޮސް، އެހެން އުޅަނދުތަކަށާއި ހުޅުމާލެ ފަޅަށް ގެއްލުން ލިބޭތީ ބޯޓިން އެސޯސިއޭޝަނުން ކަންބޮޑުވުންފާޅުކޮށްފިއެވެ.

Ads by Sosun Fihaara

އެއެސޯސިއޭޝަނުން ކޮށްފައިވާ ޓްވީޓެއްގައި ބުނީ އިން ކުރި ޓްވީޓެއްގައި ބުނީ އެއްވެސް މީހަކު ނެތް، ބާ މަސްބޯޓުތަކެއް ތަކެއް އޮޔާދާތީ އެކަން އެޗްޑީސީ އާއި ޓޫރިޒަމް އަދި ޓްރާންސްޕޯޓު މިނިސްޓްރީ އަށް އަންގާފައިވާ ކަމަށެވެ. އެ ބާ ބޯޓުތަކުގެ ސަބަބުން އެ ސަރަހައްދުގައި އަޅާފައިވާ އެހެން އުޅަނދުތަކަށް ވެސް ވަރަށް ނުރައްކާ ވެދާނެ ކަމަށް އެއެސޯސިއޭޝަނުން ބުންޏެވެ.

މިކަމަށް ސަމާލުވުމަށް އާބަންކޯއިންވެސް އިއްޔެވަނީ އިލްތިމާސްކޮށްފައެވެ. މިގޮތުން އާބަންކޯއިން ބުނެފައިވަނީ ހުޅުމާލެ ފަޅުތެރޭ އަޅައިފައިވާ ބައެއް އުޅަނދުތައް އޮޔާދާތީ މިސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވެލެއްވުމަށް ދަންނަވާކަމަށާއި އަދި މިމައްސަލަ ހައްލުކުރުމަށް މެރިން ޕޮލިސްއިން މަސައްކަތް ކުރަމުން ގެންދާކަމަށެވެ.

މި އުޅަނދުތަކަކީ އޮޔާ ދަމުން ދަނީ މީގެ ކުރިން ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުން ބޭރުގައި ލޭނު މަސްވެރިކަމުގައި ބޭނުންކުރި ވައްތަރުގެ އޮޑިތަކެކެވެ. އަދި މިއުޅަނދުތައް ހުޅުމާލޭ ފަޅުތެރޭގައި ހުންނަތާ މިހާރު ވަނީ އަހަރުތަކެއްވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!