ޚަބަރު ރައްޔިތުންގެ މަޖިލިސް

ޝާޒު ރައްޔިތުން މަޖިލީހުގެ މެންބަރުކަމުގެ ހުވާކުރައްވައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިފާ ގުރައިދޫ ދާއިރާއަށް އިންތިޚާބުވެވަޑައިގެންނެވި އަލްފާޟިލް އިބްރާހީމް ޝާޒު ރައްޔިތުން މަޖިލީހުގެ މެންބަރުކަމުގެ ހުވާކުރައްވައިފިއެވެ.

Ads by STELCO

ޝާޒް މެންބަރުކަމުގެ ގާނޫނީ ހުވާ ކުރެއްވީ މަޖިލީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. ގާނޫނީ ހުވާ އޭނާއަށް ލައި ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ.

މި މަހުގެ 15 ވަނަ ދުވަހު ބޭއްވި ބައި-އިލެކްޝަންގައި %49.96 ވޯޓު ހޯއްދަވައިގެން އިންތިހާބު ކާމިޔާބުކުރެއްވި ޝާޒް މެމްބަރު ކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

މަގާމުގެ ހުވާކުރެއްވުމަށް ފަހު، މިއަދުގެ މަޖިލިސް ޖަލްސާގައި ޝާޒު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާ ތަމްސީލު ކުރައްވަމުން ގެންދެވި ޕީޕީއެމް މެންބަރު އަލީ ރިޒާ އަވަހާރަވުމާ ގުޅިގެންނެވެ. މެންބަރު ރިޒާ އަވަހާރަވެފައިވަނީ މި މިދިޔަ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް މެލޭޝިޔާގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!