ޚަބަރު އިޖުތިމާޢީ

ރާއްޖެ އެތެރެކުރަން އުޅުނު، 1.8 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ރާއްޖެ އެތެރެކުރަން އުޅުނު، 1.8 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

Ads by Sosun Fihaara

ކަސްޓަމްސް އިން މިރޭ ބުނީ ކުރިއަރ މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ ބަރުދަނުގައި 1.040 ކިލޯ ހުރިކަމަށެވެ. އަދި މިތަކެތި އަތުލައިގަނެފައިވަނީ މިމަހުގެ 15 ވަނަ ދުވަހު ކަމަށްވެސް ކަސްޓަމްސްއިން ބުނެފައިވެއެވެ. އަދި މިތަކެތީގެ މަގުމަތީގެ އަގު 1.8 މިލިއަން ރުފިޔާއަށް އަރާނެކަމަށްވެސް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

މިތަކެތި އަތުލައިގަނެފައިވަނީ ކުރިއަރ ސާރވިސް މެދުވެރިކޮށް އިނގިރޭސިވިލާތުން ރާއްޖެ ގެނެސްފައިވާ ޕެކޭޖެއްގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އެތަކެތި އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައިކަމަށާއި އެތަކެތި ބަލާ ފާސްކުރުމުގެ ތެރޭގައި ހުރި 4 ޕެކެޓެއްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ މެފެޑްރޯން އަށް ޕޮޒިޓިވް ވެފައިވާކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.

ކަސްޓަމްސްއިން އިތުރަށް ބުނީ މިމައްސަލަ އިތުރަށް ތަހްގީގު ކުރުމަށް، އެއިދާރާއިން އަތުލައިގަތް މަސްތުވާތަކެތި މިހާރު ވަނީ ދިވެހި ފުލުހުންނާއި ހަވާލުކޮށްފައިކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!