ޚަބަރު ސަރުކާރު

ޗާގޯސް މައްސަލައިގައި ރާއްޖޭގެ ސިޔާސަތު ބަދަލު ނުކުރަން: ސަރުކާރު

ރައުފާ ރަޝީދު ، ދެން އޮންލައިން
ރައީސް އިބްރާހިމް މުހައްމަދު ޞާލިހު

ރާއްޖެއާއި ޗާގޯސް އާކިޕެލާގޯގެ ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލައިގައި ރާއްޖެއިން ނަގާފައިވާ ޤާނޫނީ ސްޓޭންޑަށް އެއްވެސް ބަދަލެއް އަައިސްފައިނުވާ ކަމަށް ދިވެހި ސަރުކާރުން ވިދާޅުވެއްޖެއެވެ.

Ads by STELCO

ސަރުކާރުން ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ، އ.ދ.ގެ ޢާއްމު މަޖިލީހުގެ ޤަރާރެއް ކަމަށްވާ "އެޑްވައިޒަރީ އޮޕީނިއަން އޮފް ދަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އޮން ދަ ލީގް ކޮންސިކުއަންސަސް އޮފް ދަ ސެޕަރޭޝަން އޮފް ދަ ޗާގޯސް އާކިޕެލާގޯ ފްރޮމް މޮރިޝަސް އިން 1965" މިޤަރާރު އެމަޖިލީހުގެ ތަޅުމަށް އަލުން ހުށަހެޅިއްޖެނަމަ، އެޤަރާރަށް ރާއްޖެއިން ތާއީދުކުރުމަށް ނިންމާފައިވާކަން ދިވެހި ސަރުކާރުން މޮރިޝަސް ސަރުކާރަށް އަންގާފައިވާނެކަމަށެވެ.

އަދި މި ނިންމުން ނިންމެވީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އިސްތިޝާރީ ލަފާގައި ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތްކަމަށް ނިންމި ނިންމުން އިޓްލޮސްގައި ކުރިއަށްދާ މައްސަލައިގައި ފުރިހަމައަށް ބަލައިގަތުމަށް ނިންމާފައިވާކަން އިޓްލޮސްއިން އެންގުމާ ގުޅިގެންކަމަށް ސަރުކާރުގެ ބަޔާނުގައިވެއެވެ.

އަދި އ.ދ.ގެ ޢާއްމު މަޖިލީހުގެ އެޤަރާރަކީ ރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައާ އެއްވެސް ގޮތަކުން ގުޅުންހުރި ޤަރާރެއް ނޫންކަމަށާއި، މި ނިންމުމުގެ ސަބަބުން އިޓްލޮސްގައި ކުރިއަށްދާ ރާއްޖެއާއި ޗާގޯސް އާކިޕެލާގޯގެ ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލައިގައި ރާއްޖެއިން ނަގާފައިވާ ޤާނޫނީ ސްޓޭންޑަށް އެއްވެސް ބަދަލެއް ނާންނާނެކަން މޮރިޝަސްގެ ސަރުކާރަށްވެސް އަންގާފައިވާ ކަމަށް ސަރުކާރުން ހާމަކުރެއްވިއެވެ.

“އ.ދ.ގެ ޢާއްމު މަޖިލީހުގެ ޤަރާރު އެޑްވައިޒަރީ އޮޕީނިއަން އޮފް ދަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އޮން ދަ ލީގް ކޮންސިކުއަންސަސް އޮފް ދަ ސެޕަރޭޝަން އޮފް ދަ ޗާގޯސް އާކިޕެލާގޯ ފްރޮމް މޮރިޝަސް އިން 1965 އާ ދެކޮޅަށް ރާއްޖެއިން ކުރިން ވޯޓުލާފައިވާނެކަމަށާއި، 2019 ވަނަ އަހަރު އ.ދ.ގެ ޢާއްމު މަޖިލީހުން އެޤަރާރު ފާސްކުރުމާއި ގުޅިގެން ރާއްޖެއިން ލީ ވޯޓުގެ އެކްސްޕްލެނޭޝަނުގައި ރާއްޖެއިން ފާހަގަކުރިގޮތުގައި ރާއްޖޭގެ ވޯޓަކީ އެޤަރާރާ ދެކޮޅަށް ލީ ވޯޓެއް ނޫން” އެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި ރާއްޖޭގެ ޤާނޫނުތަކާއި ބައިނަލްއަޤުވާމީ ޤާނޫނުތަކުގެ ދަށުން، ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ އިން ކަނޑައެޅުމަކީ ދިވެހި ސަރުކާރަށް ޤާނޫނު އަސާސީން ލިއްބައިދީފައިވާ ބާރަކަށްވީހިނދު އެ މަސްއޫލިއްޔަތު ދިވެހި ސަރުކާރުން ފުރިހަމައަށް ކަށަވަރުކުރާނެކަމަށް ސަރުކާރުން ވިދާޅުވިއެވެ.

މޮރިޝަސްއިން އިޓްލޮސްއަށް މައްސަލަ ހުށައެޅުމާއެކު، އިޓްލޮސް މެދުވެރިކޮށް މިމައްސަލައަށް ޙައްލުހޯދައި ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމަށް ދިވެހިރާއްޖޭގެ ސަރުކާރުން ނިންމެވީ ވަޒީރުންގެ މަޖީލީހުން އެކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ފަހުކަމަށްވެސް ދިވެހި ސަރުކާރުން ވިދާޅުވިއެވެ.

މީގެ އިތުރުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ބަޔާނަކީ ދިވެހި ރައްޔިތުންނަށް އޮޅުވާލުމަށާއި ރައްޔިތުންގެ މެދުގައި ނުހަނު ޚައްސާސް މައްސަލައެއްގައި ސިޔާސީ މަންފާ ހޯދުމަށް ހިންގާފައިވާ ދަށުދަރަޖައިގެ ޢަމަލެއްކަމަށާއި މިކަން އެންމެ ސާފުވާކަމަކީ، 2019 މޭ 24 ގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ނެރުނު ބަޔާނުގައި ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު އޮތްކަމަށް މޮރިޝަސްއިން ކުރާ ދަޢުވާގައި މޮރިޝަސްއަށް ނުހަނު ތާއީދުކޮށް، ޗާގޯސް އާކިޕެލާގޯ މޮރިޝަސްއަށް އަނބުރާ ދިނުމަށް ގޮވާލި އ.ދ.ގެ ޢާއްމު މަޖިލީހުގެ ޤަރާރާ ދެކޮޅަށް ރާއްޖެއިން ވޯޓުލުމާ ގުޅިގެން ދިވެހިރާއްޖޭގެ ސަރުކާރުން މޮރިޝަސްގެ ރައްޔިތުންގެ ކިބައިން މަޢާފަށް އެދެންޖެހޭނެކަމަށް ބުނެފައިވާތީކަމަށް ސަރުކާރުން ވިދާޅުވިއެވެ.

އަދި އެވޯޓަކީ މޮރިޝަސްގެ ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަތް ވޯޓެއްކަމަށް ވެސް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން އޭރު ބުނެފައިވާކަން ސަރުކާރުން ފާހަގަކުރެއްވިއެވެ. އެ ޕާޓީން މިހެން ބުނެފައިވީ ނަމަވެސް، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ސަރުކާރުން 2017 ޖޫން 22 ގައި ވަނީ ޗާގޯސްގެ މައްސަލާގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އިސްތިޝާރީ ލަފައަކަށް އެދި މޮރިޝަސްއިން އ.ދ.ގެ ޢާއްމު މަޖިލީހަށް ހުށަހެޅި ޤަރާރާ ދެކޮޅަށް ވޯޓު ލާފައިކަމަށްވެސް ސަރުކާރުން ވިދާޅުވިއެވެ.

މިފަދަ މައްސަލައެއްގައި ދިވެހި ޢާއްމު ރައްޔިތުންނާއި ބައިނަލްއަޤުވާމީ މުޖުތަމަޢަށް އޮޅުން އަރާގޮތަށް ސިޔާސީ ޕާޓިތަކުން ކުރާ މަސައްކަތްތަކާމެދު ދިވެހި ސަރުކާރުން ނުހަނު ހިތާމަ ކުރާ ކަމަށާއި ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައިގައި ރާއްޖެއިން ހުށަހަޅާފައިވާ ކަންކަމަށް ރިޢާއަތްކޮށް، ޢަދުލުވެރިކަމާއި އިންސާފުވެރިކަމާއެކު އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ އިން މި މައްސަލަ ނިންމަވާނެކަމާމެދު ދިވެހި ސަރުކާރުގެ ފުރިހަމަ އިތުބާރު އޮތްކަން ފާހަގަކުރާ ކަމަށްވެސް ސަރުކާރުން ވިދާޅުވިއެވެ.

Ads by HDC
  1. މުންޖިޗޭ

    ދޮގެއްނޫނީ ނުހަދާތި! ސިޔާސަތު ބަދަލުވީކަން ޔަޤީންވާވަރަށް ދޮގުހަދައި ސިޓީބަދަލުކޮށް، އޭގައިހުރި ވާހަކަތައް ސިއްރުކޮށްފި، ގައިމު ކަމެއްވީމަތާ މާބޮޑުސިއްރަކަށްވެގެން އެވާހަކަ ސިއްރުކުރަން މަރުފަލިޖަހާނީ. މާދަން ތިކަން ޔަޤީންވާނެ، މާދަން ހަދާނެ ދޮގުތައްލިޔަން މިރޭ މުޅި ސަރުކާރާއި ނަމެއްގަ މިނިވަންކޮށް މުއައްސަސާތަކަށް ޢައްޔަންކޮށްފަވާ އެކްޓިވިސްޓުން ނުނިދާ ހޭލާއުޅޭނެ. ތިޔަދޮގުތައް އަހާއަހާ ފޫހިވެއްޖެ، އިތުރަށްދޮގުހަދާނެކަމެއްނެތް.

  2. އައުޓް

    ކޮތަޅޭ އައުޓް ޗާގޯސް މައްސަލަ އައުޓް އިންޑިއާ އައުޓް ކޮތަޅޭ އައުޓް ޗާގޯސް މައްސަލަ އައުޓް އިންޑިއާ އައުޓް ކޮތަޅޭ އައުޓް ޗާގޯސް މައްސަލަ އައުޓް އިންޑިއާ އައުޓް ކޮތަޅޭ އައުޓް ޗާގޯސް މައްސަލަ އައުޓް އިންޑިއާ އައުޓް ކޮތަޅޭ އައުޓް ޗާގޯސް މައްސަލަ އައުޓް އިންޑިއާ އައުޓް ކޮތަޅޭ އައުޓް ޗާގޯސް މައްސަލަ އައުޓް އިންޑިއާ އައުޓް ކޮތަޅޭ އައުޓް ޗާގޯސް މައްސަލަ އައުޓް އިންޑިއާ އައުޓް ކޮތަޅޭ އައުޓް ޗާގޯސް މައްސަލަ އައުޓް އިންޑިއާ އައުޓް ކޮތަޅޭ އައުޓް ޗާގޯސް މައްސަލަ އައުޓް އިންޑިއާ އައުޓް ކޮތަޅޭ އައުޓް ޗާގޯސް މައްސަލަ އައުޓް އިންޑިއާ އައުޓް ކޮތަޅޭ އައުޓް ޗާގޯސް މައްސަލަ އައުޓް އިންޑިއާ އައުޓް ކޮތަޅޭ އައުޓް ޗާގޯސް މައްސަލަ އައުޓް އިންޑިއާ އައުޓް ކޮތަޅޭ އައުޓް ޗާގޯސް މައްސަލަ އައުޓް އިންޑިއާ އައުޓް

  3. ހުދުކާޅު

    މީދެން ކިހާ ބޮޑު ބަލާވެރިކަމެއް. ދިވެހިޤައުމަކީ އެމްޑީޕީ އާއި ޕީޕީ އެމްގެ މުދަލަކީތަ. ކޮންމެ ބައެއް އެމީހުން ކުރި މޮޅުކަމެއް ދެއްކުމާ އެނެކެއްގެ ނުލަފާކަން ދައްކަން ބަޔާންތައް ނެރުމަކީ. ހަޔާތް ކުޑަތަކާ ވެރިކަން ލިބުނީމާ ޕާޓީއެއްގެ މޮޅުކަމެއްނޫން ދައްކަންވަނީއެއް. ތިމާމެންނާ ވެރިކަން ހަވާލުކޖރިމީހުންނާ އެމީހުމްގެ ޙައްޤުޔަކާ ޤައުމު ޙިމާޔަތް ކޮށްދޭންވީ. މީހަކު ކުރާ ކަމެގެ ހުރި ނުލަފާކަމެއްނޫން ދައްކަންވީ. ނުބައިކޮށްކޮށްފައިހުރި ކަންކަން ރަނގަޅުކުރަންވީ. އަތުޖެހުނު އެއްޗެއްކަމުން ފޭރެމުން ތިޔަ ދުވަނީ.. ޔާމީހުކޭމާ ތިމާއަށް އެއަށްވުރެ ގިނައިން ކެވޭނެކަން ދައްކަންވަނީއެއްނޫން.