Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ވިޔަފާރި

ޖެޓް ފިއުލް އުފުލަން ހާއްސަ ބާޖެއް އެސްޓީއޯއިން ގެނެސްފި

ޖެޓް ފިއުލް އުފުލަން ހާއްސަ ބާޖެއް އެސްޓީއޯއިން ގެނެސްފި

އެސްޓީއޯއިން ޖެޓް ފިއުލް އުފުލަން ހާއްސަ ބާޖް، "ލަގަނާ ބާޖް" ރާއްޖެއަށް ގެނެސްފިއެވެ.

އެސްޓީއޯއިން ބުނީ މި ބާޖާއެކު، ރާއްޖޭގެ އަތޮޅުތަކަށް އޭވިއޭޝަން ފިއުލް ރައްކާތެރިކަމާ އެކު ގެންދިއުމަށް ދިމާވާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށެވެ.

މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޖެޓް ފިއުލަށް ހާއްސަކޮށް ބޭނުންކުރާ ބާޖުކަން ފާހަގަކޮށްލެވެއެވެ.

އެ ބާޖަކީ، އައިލެންޑް އޭވިއޭޝަނާ އެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން މާފަރު އެއާޕޯޓަށް ބޭނުންވާ ޖެޓް އޭ-1 ތެޔޮ ސަޕްލައި ކުރުމަށް ހާއްސަކޮށްގެން ކޮމިޝަން ކުރި ބާޖެކެވެ.

Advertisement
Allied — Dhen Online (box)

އެ ބާޖަކީ ފިއުލް ކޮލިޓީގެ ޝަރުތުތައް ފުރިހަމަ، ކަމާބެހޭ ކޮލިޓީ އެޝުއަރެންސް ކޯޑްތަކުގައިވާ ގޮތުގެ މަތިން އޭވިއޭޝަނަށް އިންޑަސްޓްރީ ސްޓޭންޑާޑް ފިލްޓަރުތަކާ އެކު ކޮމިޝަންކޮށްފައިވާ އުޅަނދެއް ކަމަށް އެސްޓީއޯއިން ބުނެއެވެ.

ޒަމާނީ މިނެކިރުމުގެ އާލާތް ހުންނަ މި ބާޖުން، ކޮންމެ ޓްރާންސްފާ ޕޮއިންޓެއްގައި ތެލުގެ ސާމްޕަލް ނަގާ އެސްޓީއޯއިން އިން މާލޭގައި ގާއިމުކުރި ލެބޯޓްރީ ގައި ޓެސްޓްކުރާނެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް