ޚަބަރު ސިޔާސީ

އަމްރުއާ ވައްޑެ ވިދާޅުވެދެއްވީ، ރައީީސް ނުފުއްދަވާ ވަޢުދުގެ ލިސްޓެއް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ 5 އަހަރު ނިމިގެންދާއިރު، މަސްވެރިންނަށްޓަކައި ކޮށް ނުދެވުނު ބައެއް ކަންކަން ފާހަގަކުރައްވައި، އެސްޓީއޯގެ ކުރީގެ އެމްޑީ ޙުސެއިން އަމްރު ފާޑުވިދާޅުވެއްޖެއެވެ.

Ads by STELCO

އަމްރު ރައީސް ޞާލިޙަށް ފާޑުވިދާޅުވެފައިވަނީ އޭނާ ކުރެއްވި ޓްވީޓެއްގައެވެ.

އަމްރު ވިދާޅުވީ، ރައީސް ޞާލިޙުގެ ވެރިކަމުގެ މި ފަސް އަހަރުގެ ތެރޭގައި، ޔޫރަޕުން ދިވެހި މަހަށް ނަގާ ބޮޑު ޓެކްސް ކަނޑައި ނުދެވުނު ކަމަށާއި ރާއްޖޭގެ މަސްވެރިކަން މުޅިން އައު ހަރުފަތަކަށް ގެންދަން ލިބުނު މާސިންގާ ސަރަޙައްދު ވިއްކާލެވިފައިވާކަމަށެވެ.

މީގެ އިތުރުން، އަމްރުގެ ޓްވީޓަށް ޖަވާބު ދެއްވައި، އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު(ވައްޑޭ)ވެސް ވަނީ، މަސްވެރިންނަށް ވެފައިވާ ވަޢުދުތަކުގެ ތެރެއިން، ނުފުއްދޭ ވަޢުދުތައް ފާހަގަކުރައްވައިފައެވެ.

އޭނާ ވިދާޅުވީ، ރައީސް ޞާލިޙަށް، ފަސް އަހަރުގެ ތެރޭގައި އެންމެ ގޭދޮށު މަސް ޕްލާންޓެއްވެސް ޤާއިމު ނުކުރެވުނުއިރު، ބޭރުގެ މާކެޓްތަކަށް ދިވެހި ދޯނި ފަހަރު ވަދެވޭނެ ގޮތް ހަދައިނުދެވުނު ކަމަށެވެ. އަދި ކަންނެލި ޖަގަހައެއް ނުހެދުނު
ކަމަށާއި، މެނިފެސްޓޯގައިވާ ގޮތަށް މޫދާ ކުޅީގައި ގޮވާމެއްވެސް ނުކުރެވުނު ކަމަށެވެ.

  1. ހުސޭނުބެ

    ދެނެއް ތިޔަ ވައްޑެވެސް ނުހޮވޭނެކަން އެގެއެވެ. އަމުރު އެހެރީ ބޭރު ކޮއްފައެވެ. ބޮއެފި! ބޮއެފި! ބޮއެފި!