Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އިމްރާންގެ ބާރުހިނގާ ތަނެއްގައި ރައީސް ޔާމީން ބެހެއްޓުމަކީ ކަންބޮޑުވާ ކަމެއް: ޝިޔާމް

އިމްރާންގެ ބާރުހިނގާ ތަނެއްގައި ރައީސް ޔާމީން ބެހެއްޓުމަކީ ކަންބޮޑުވާ ކަމެއް: ޝިޔާމް

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ ބާރުހިނގާ މުއައްސަސާއެއްގެ ބެލުމުގެ ދަށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބެހެއްޓުމަކީ ކަންބޮޑުވާކަމެއް ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން ކުރެއްވި ޓްވީޓަކަށް ރައްދުދެއްވަމުން ޝިޔާމް ވިދާޅުވީ އިމްރާންގެ ބަސްމަގު ގެންގުޅޭގޮތުން ކޮންމެފަދަ ކަމެއްވެސް ރައީސް ޔާމީނަށް ކޮށްފާނެ ކަމަށެވެ. “މަޤާމު ހޯދާށާ މަޤާމުގެ ދިފާޢުގައި ހަމަކޮށްމެފަދަ ކަމެއްވެސް މީނާ ކޮށްފާނެ” އިމްރާން ވިދާޅުވިއެވެ.

އަދި މިނިސްޓަރު އިމްރާންގެ ބާރުހިނގާ ތަނެއްގެ ބެލުމުގެ ދަށުގައި ރައީސް ޔާމީން ދައުލަތުން ބެހެއްޓުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާކަމެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

އިމްރާން ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރައީސް ޔާމީންގެ އަނިޔާވެރިކަމާއި ޖައްބާރުކަމުން ދިވެހިން ސަލާމަތްކުރެވުނީ "މޭޑޭ"ގައި ދިވެހިން ދެއްކި އެއްބައިވަންތަކަމާ ކުރި ހިތްވަރުގެ މައްޗަށް ބިނާކުރެވުނު މަސައްކަތުން ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް