ޚަބަރު ސިޔާސީ

ޝިޔާމް ސަރުކާރާއި ޖޭއެސްސީއަށް: މިއަދު ބަސްމަގު ތިޔަގޮތަށް ގެންގުޅެވިދާނެ، ޤާނޫނުގެ ދިގުއަތް އަރާ ހަމަކުރާނެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް

މިއަދު ބަސްމަގު ތިޔަގޮތަށް ގެންގުޅެވިދާނެކަމަށާއި ޤާނޫނުގެ ދިގު އަތް އަރާ ހަމަކުރަން ދެން މާ ގިނަދުވަހެއް ނެތް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަޙުމަދު ޝިޔާމް ސަރުކާރަށާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ބަހުގެ ހަމަލާތައް ރައްދުކުރައްވައިފިއެވެ. 

މެމްބަރު ޝިޔާމް ވިދާޅުވީ ރައީސް ޔާމީންގެ މައްސަލަ ކުރިމިނަލްކޯޓުން ސިންގަލްފަނޑިޔާރެއްގެ ބެންޗަކުން ފަނޑިޔާރު އަޙުމަދު ހައިލަމް ކުރިޔަށް ގެންދަވަނިކޮށް 2019 ނޮވެންބަރު މަަހުގެ 5 ވަނަދުވަހު ޖޭއެސްސީ މެދުވެރިކޮށް، އޭނާގެ ސްލޫކީ މައްސަލައެއް އުފަންކުރުވާ ހައިލަމް ސަސްޕެންޑު ކުރީ ހައިލަމް ހުކުމް ކުރައްވާނެގޮތް ސަރުކާރަށް ޔަޤީން ނުވުމުން ކަމަށެވެ.

"އޭގެ ފަހުން ފަނޑިޔާރު ޢަލީ ރަޝީދު ރައީސް ޔާމީންގެ މައްސަލައާ ހަވާލުވީ ރާއްޖޭގެ ކޯޓުތައް ދަންނަ އުސޫލަކުންވެސްނޫން. ރައީސް ޔާމީންގެ ޝަރީޢަތް ޢަލީ ރަޝީދު ކުރިޔަށް ގެންދިޔައިރު ފަނޑިޔާރުންގެ ޤާނޫނާ ޚިލާފަށް ރާއްޖޭގެ ޓީވީ ޗެނަލް އަކަށް ޢަލީ ތަޝީދު އިންޓަވިއު ދިން މައްސަލަވެސް ޖޭ.އެސް.ސީ އިން އޮއްބާލީ. ޢަލީ ރަޝީދު ކުރިމިނަލްކޯޓުން ސުޕްރީމް ކޯޓަށް ބަދަލުކޮށްދިނީ ރައީސް ޔާމީނު ޖަލަށް ލާން ޙުކުމްކުރީމަ ދިން ޕެކޭޖުގެ ތެރެއިން." ޝިޔާމް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އެކަންކަން ފަނޑިޔާރު ހައިލަމް އެކަން ހައިލަމް 8 ނޮވެންބަރު 2019 ގައި ނެރުނު ބަޔާނުން ވަރަށް ސާފު ކަމަށާއި އަދި އެބަޔާނުގައި ސަރުކާރުގެ އިސް ފަރާތްތަކެއްގެ ނުފޫޒު ރައީސް ޔާމީންގެ މައްސަލައަށް ފޯރުވަމުންދާ ވާހަކައާއި ޢަލީ ރަޝީދަށް ރައީސް ޔާމީން ޖަލަށްލާން ޙުކުމްކުރުން ނޫންގޮތެއް ނެތްކަމަށް ބަޔާންކުރައްވާފައިވާކަމަށެވެ.

މީގެ އިތުރުން ފަނޑިޔާރު ޝަކީލު ކުރިމިނަލްކޯޓުން ހައިކޯޓަށް ބަދަލުކުރީވެސް ރައީސް ޔާމީންގެ މައްޗަށް ދަޢުލަތުން ކުރި ދައުވާ ސާބިތުވާކަމަށް ނިންމާ ޖަލަށްލާ މަތިންކަން އެންމެން ޤަބޫލުކުރާކަމަށެވެ.

ޝިޔާމް ވިދާޅުވީ މިއަދު ބަސްމަގު ތިޔަގޮތަށް ސަރުކާރަށާ ޖޭއެސްސީއަށްވެސް ގެންގުޅެވިދާނެކަމަށާއި ޤާނޫނުގެ ދިގު އަތް އަރާ ހަމަކުރަން ދެން މާ ގިނަދުވަހެއް ނެތްކަމަށެވެ

 

  1. ނެގިންތޭ

    ޗާގޯސް މައްސަލައިގައި މިސަރުކާރުން ވަނީ ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލާ މަކަރާއި ހީލަތް ހަދާފައޭ ރައީސް އިބޫ މޮރިޝަސް ރައީސަށް ދެއްވި ސިއްރު ސިޓީ ކިއެއްވެތޭ ހާމަ ނުކޮށްގެން އުޅެނީ އެ ސިޓީ ސިއްރުކޮށްގެން އުޅެނީ އެއީ ހަމަ ޔަގީން ކަމެކޭ ކޮންމެވެސް ގޯހެއް އުޅެނީ ކަން ޕީޕީއެމް އިން ޗެނަލް 13 އިން އަބަދު ގޮވަމުން އެދަނީ 500 މިލިއަން ޑޮލަރުގެ ޑީލެއްގެ ދަށުންނޭ ފޯޅަވަހީގެ ކަނޑުވިއްކާލީ މިފެންވަރަށް މިކަން ދިއުމުން ސަރުކާރުން އެބަޖެހޭ ތިޔާ ސިޓީ ހާމަކުރަން ރައީސް އިބޫ ވަނީ އަސްލު ވެސް ޖީވަން ޝާހިދާއި ގުޅިގެން 500 މިލިއަން ޑޮލަރު ނަގާފައިތޭ މީ އުފައްދާ ސުވާލަކީ ތަމެން 500 މިލިއަން ޑޮލަރުގެ ކަޓެއް އިންޑިއާ ބޭންކުން އިންޑިއާގެ ވެރިން މެދުވެރިކޮށް ނެގިންތޭ ރާއްޖޭގެ ކަނޑުވިއްކާލަން ވެގެން ނެގިންތޭ ނެގިންތޭ ނެގިންތޭ ނެގިންތޭ ނެގިންތޭ ނެގިންތޭ ނެގިންތޭ ނެގިންތޭ ނެގިންތޭ ނެގިންތޭ ނެގިންތޭ ނެގިންތޭ ނެގިންތޭ ނެގިންތޭ ނެގިންތޭ ނެގިންތޭ ނެގިންތޭ ނެގިންތޭ ނެގިންތޭ ނެގިންތޭ ނެގިންތޭ ނެގިންތޭ ނެގިންތޭ ނެގިންތޭ ނެގިންތޭ ނެގިންތޭ ނެގިންތޭ ނެގިންތޭ ނެގިންތޭ ނެގިންތޭ ނެގިންތޭ ނެގިންތޭ ނެގިންތޭ ނެގިންތޭ