ޚަބަރު

އައްޑޫގައި 6 އަހަރުގެ ކުއްޖަކު މޫދަށް ވެއްޓި ނިޔާވެއްޖެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އައްޑޫސިޓީ ފޭދޫގައި 6 އަހަރުގެ ކުއްޖަކު މޫދަށް ގެނބިގެން ނިޔާވެއްޖެއެވެ.

Ads by STELCO

އައްޑޫ ސިޓީ ފޭދޫ ޓްރެކް ސަރަހައްދަށް މޫދަށް ގޮސް އުޅުނު މިކުއްޖާ ނިޔާވީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ފުލުހުން ބުނީ  އައްޑޫ ސިޓީ ފޭދޫ ޓްރެކް ސަރަހައްދުގައި ހުރި ރެސްޓޯރެންޓަކަށް ޢާއިލާއާއިއެކު ދިޔަ ކުޑަކުއްޖެއް ގެއްލިގެން ހޯދަމުން ދަނިކޮށް، އެކުއްޖާ ފެނުނީ ހަވީރު 17:50 ހާއިރު، މޫދުގައި އޮއްވާކަމަށެވެ. އަދި އެކުއްޖާ މޫދުން ނަގައިގެން ފޭދޫ ސިއްޙީ މަރުކަޒަށް ގެންގޮސް ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔަކަމަށާއި، ނިޔާވީ އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށްކަމަށެވެ.

ފުލުހުން ވިދާޅުވީ، މި ހާދިސާއާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

Ads by HDC
  1. ފާތުމާ

    ތަފިރިންކާއޭނަ މުއަފައިޔާތިބީ ތީވަރަށް ފަރުވާކުޑަ މަންމައެއް